Skip to content
Maldives calendar. Today: Maldives calendar

ހިލޭ ކިޔެވުމުގެ ފުރުސަތު 10،000 ދަރިވަރުންނަށް ދެވިއްޖެ – ރައީސް

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ސަރުކަރުން ހުޅުވާލި ފުރުޞަތުގައި 10،000އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، މިސަރުކާރުގެ އެންމެބޮޑު އެއް މަޝްރޫޢަކީ ތަޢުލީމަށް ފުރުޞަތު ތަނަވަސް ކޮށްދެއްވުންކަމަށެވެ. އެގޮތުން މިހާތަނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވާލި ފުރުޞަތުގައި 10،000އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވައިދިނުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖައްސާފައިވާއިރު، އަމިއްލަ ކޮލެޖުތަކުން ޑީގްރީ ހަދާ ދަރިވަރުންގެ ކޯހުގެ ވަކި އިންސައްތައެއް ސަރުކާރުން ދޭގޮތަށް ހަމަޖައްސަވާކަމަށެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ކޯސް ފީގެ %40އާއި %60އާ ދެމެދުގެ ޢަދަދެއް މިސްކީމްގެ ދަށުން މާފްކޮށްދެއެވެ.