Skip to content
Maldives calendar. Today: Maldives calendar

ބީއެމްއެލްއިން ނަޑެއްލާގައި އިކޯ ޕާކެއް ތަރައްޤީކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ.ނަޑެއްލާގައި އިކޯ ޕާކެއް ތަރައްޤީކޮށްފިއެވެ. މި އިކޯ ޕާކަކީ ނަޑެއްލާގެ ގޮނާނިގިލި ކުޅީގައި ތަރައްޤީކޮށްފައިވާ ޕާކެކެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދިޔައީ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް) ޖަމިއްޔާއާއި ގުޅިގެނެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތުގައި ޖަމިއްޔާގެ އިތުރުން ރަށުގެ ރައްޔިތުންވެސް އެޙީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ނައްޑެއްލާގައި ހުންނަ ކުޅީގައި ޕްލެޓްފޯރމަކާއި، ކުޅި ހިމެނޭ ސަރަޙައްދުގައި 5 ބެންޗް ބަހައްޓާފައިވެއެވެ. އަދި އެ ސަރަޙައްދު ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް 5 ޑަސްބިން ބަހައްޓާފައިވެއެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން އެ ސަރަޙައްދު އަލިކުރުމަށް އަވިން ހަކަތަ އުފައްދާ ނިޒާމު ބައްތި ވަނީ މިސަރަހައްދުގައި ހަރުކޮށްފައެވެ. ގދ. ނަޑެއްލާގެ އީކޯ ޕާރކު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށްފަހު، އެތަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ރަށު ކައުންސިލާއެވެ.
މި ޕާކު ހުޅުއްވައިދެއްވީ ނަޑެއްލާ ސްކޫލްގެ ޕްރިންސިޕަލް ހުސައިން ޖާވީދު އެވެ. ނިޑްސް އިން ވަނީ ހިލޭސާބަހަށް ޕްރޮޖެކްޓުގެ މަސައްކަތް ކޮށްދިން އެ ސޮސައިޓީގެ ވޮލަންޓިއަރުންނާއި ރަށުގެ ދަރުމަވެރިންނަށާއި އެހެނިހެން ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ މަޝްރޫޢުތައް ހިންގުމަށް އެހީތެރިވާ ފަންޑެކެވެ.