Skip to content
Maldives calendar. Today: Maldives calendar

ޔުނިސެފުން ސިއްހީ ސާމާނު ރާއްޖެ އެތެރެކޮށްދޭނެ ކުންފުންޏެއް ހޯދަނީ

ކޯވިޑް19 އާއި ގުޅިގެން ސިއްހީ ސާމާނު ރާއްޖެއަށް އެތެރެކޮށްދޭނެ ކުންފުންޏެއް ހޯދަން ޔުނިސެފުން އިއުލާންކުރި ތާރިހު އިތުރުކޮށްފިއެވެ. މި މުއްދަތު މިހާރު އިތުރުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ 15:00 އާއި ހަމައަށެވެ.

ޔުނިސެފް މޯލްޑިވްސްއިން ވިދާޅުވީ، ކޯވިޑް19 އިން ދިފާއުވުމަށް ބޭނުންވާ ބައެއް ސިއްހީ ސާމާނު ރާއްޖެއަށް އެތެރެކޮށްދޭނެ ކޮލިފައިޑް ކުންފުންޏެއް ހޯދަން ބޭނުންވާކަމަށެވެ. އެހެންކަމުން މިމަހުގެ 14 ވަނަ ދުވަހުގެ ކުދިން މިކަމަށް އެދި ހުށައަޅަން ބޭނުންވާ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް ޔުނިސެފުން ވިދާޅުވެއެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz

ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ބައެއް ސާމާނު މީގެކުރިންވެސް ޔުނިސެފުން ވަނީ ދިވެހިރާއްޖެއަށް ހަދިޔާކޮށްފައެވެ. އޭގެތެރޭގައި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް(ޕީޕީއީ)އާއި، ސެނެޓައިޒަރ އާއި ސައިބޯނި ފަދަ ތަކެތި މީގެކުރިން ވަނީ ހަދިޔާކޮށްފައެވެ.