Skip to content
Maldives calendar. Today: Maldives calendar

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ވަޑާންކުރުމުގެ ހުނަރު ދަސްކޮށްދެނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ވަޑާންކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވަނީ މި ކުނިންގެ މަސައްކަތްތައް ބައްލަވާލާފައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ޅައުމުރުގައި މަސައްކަތުގެ ހުނަރަށް ލޯހުޅުވުމަކީ ހަރުދަނާ ޒުވާނަކަށްވުމަށް ބާރުލިބޭ ކަމެއްކަމަށެވެ. އަދި އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށްވެސް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ވަޑާންކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްދަނީ މޯލްޑިވްސް ޕްލިޓެކްނިކްއާއި ގުޅިގެންނެވެ. މި ޕްރޮގްރާމްގައި އެތަނުގައި ތިބި އެކި އުމުރުފުރާގެ ކުދިން ވަނީ ބައިވެރިވެފައެވެ.