ޕީރިއަޑް އިރެގިއުލާ ވަނީ ކީއްވެ؟

29 ޖެނުއަރީ 2022 - 15:37

ޕީރިއަޑް ވާން ޖެހޭ ތާރީހަށް ޕީރިއަޑް ނުވެ ސައިކަލް އަށް ބަދަލު އައުމަކީ އަންހެނުން ވަރަށް ކަންބޮޑުވާ ކަމެކެއެވެ. އެއީ އެއްވެސް މައްސަލައެއް ނެތި ރަނގަޅު ސިއްހަތެއްގައި ހުރެއްޖެނަމަ ކޮންމެ މަހަކު ޕީރިއަޑްވާނެތީއެވެ. ކޮންމެ މަހަކު ޕީރިއަޑް ނުވެއްޖެނަމަ އެއީ ކޮންމެވެސް ސިއްހީ މައްސަލައަކާއި ގުޅިފައި އޮންނަ ކަމެއް ކަމަށް އޮންނަނީ ހީކުރެވިފައެވެ.

ޕީރިއަޑް ސައިކަލްގެ މުއްދަތު އެއް މަހުން އަނެއް މަހަށް ބަދަލުތަކެއް އައުމަކީ މައްސަލައެއް ނޫނެއެވެ. މިސާލަކަށް ފުރާވަރަށް އަރަމުން އަންނަ ކުއްޖެއް ނޫނީ ގާތުން ކިރުދޭ މައިން، އަދި މެނޮޕޯސްއަށް އަޅަމުން އަންނައިރު މި ގޮތަށް ޕީރިއަޑް ސައިކަލް އަށް ބަދަލު އާދެއެވެ.  އެއީ މައްސަލައެއް ނޫނެއެވެ.

advertisement

މީގެ އިތުރުން ސްޓްރެސް ނޫނީ، ކާ ބޭހެއްގެ ސަބަބުންވެސް މި ގޮތަށް ދިމާވެއެވެ.  ޕީރިއަޑް ސައިކަލްއަށް ގިނަ ފަހަރު ބަދަލު އަންނަން ދިމާވަނީ ހޯމޯންއަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

ޕީރިއަޑް އިރެގިއުލަރ ވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ބައެއް ފަހަރު ދޭތެރެ ދޫކުރުމަށް ބޭނުންކުރާ ބޭސްވެސް ހިމެނެއެވެ. ބައެއް ފަހަރު ޕީރިއަޑްގެ މައްސަލަ ޖެހުމުން އެ ކަން ރަނގަޅު ކުރުމަށް “ބާރތް ޕިލްސް” ކާން ޑޮކްޓަރުން އިރްޝާދު ދެއެވެ. އެއާއި އެކު ޕީރިއަޑް މަހުން މަހަށް ވާން ފަށާތަން އާދެއެވެ. ހަމަ މި ގޮތަށް ދޭތެރޭ ދޫކުރާ ބޭސް ކެއުން ހުއްޓާލުމުން ޕީރިއަޑް މަހުން މަހަށް ނުވެ ޕީރިއަޑް ސައިކަލްއަށް އަނެއްކާވެސް ބަދަލު އާދެއެވެ.

ސިއްހަތަށް ދިމާވާ ބައެއް މައްސަލަތަކާއިވެސް ޕީރިއަޑް މަހުން މަހަށް ނުވުމާއި ވަނީ ގުޅިފައެވެ. މިސާލަކަށް “ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް” ގެ މައްސަލަ ހުންނަނަމަ ޕީރިއަޑް ލަސްވާން ދިމާވެދާނެއެވެ. އެއީ ޕީސީއޯއެސް ހުރެއްޖެނަމަ ޓެސްޓެރޯން ލެވެލް އިންތިހާ ދަރަޖައަށް މަތިވެގެން ދެއެވެ. މިހެން ވުމުގެ ސަބަބުންވެސް ޕީރިއަޑް ސައިކަލް އަށް ބަދަލު އާދެއެވެ.

ރިއެކްޝަންސް
4
2
1
6
0
1
1