ފަލަވަނީ ނިދުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުން

3 ފެބުރުއަރީ 2022 - 16:57

ފަލަވަނީ މީހާގެ ނިދުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުގެ ސަބަބުންކަމަށް ޕީއެލްއޯއެސް ވަން އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ބުނެފައިވަނީ ރޭގަނޑު ހަމަނިދި ނުނިދާ މީހުން ފަލަވާކަމަށެވެ.

މި ދިރާސާކޮށްފައިވަނީ އެމެރިކާގެ 1615 މީހުން ބޭނުންކޮށްގެންނެވެ. އެގޮތުން ދިރާސާގައި ބައިވެރިވި މީހުންގެ ނިދުމުގެ ވައްޓަފާޅިއާއި، ކެއުމާއި، ލޭގެ ސާންޕަލްއާއި، ބަރުދަނާއި، ބްލަޑް ޕްރެޝަރާއި، ކޮލެސްޓްރޯލްއާއި، ހަކުރު ހުރި މިންވަރާއި،  ތައިރޮއިޑް ވަނީ ބަލާފައެވެ.

advertisement

ބަރުދަން އިތުރުވުުގެ އިތުރުން ހަމަނިދި ނުނިދާ މީހުންނަށް އެހެން ސިއްހީ ބައެއް މައްސަލަތައްވެސް ދިމާވުން އިތުރުކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. އެގޮތުން ކޮލެސްޓްރޯލްގެ މައްސަލަތައް ދިމާވުން ހިމެނެއެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ހަމަނިދި ނުލިބޭ މީހުންގެ ބްލަޑް ޕްރެސަރު މަތިވުމާއި، ތައިރޮއިޑް ދަށްކަމަށް ވަނީ ދައްކާފައެވެ. ނަމަވެސް ދިރާސާގައި ބުނެފައިވަނީ މިއީ ހަމަނިދި ނުނިދާތީ ދިމާވާ މައްސަލައެއްކަން ޔަޤީންކޮށް ބުނަން ނޭންގޭކަމަށެވެ.

އާންމުގޮތެއްގައި ރޭގަނޑު 7 ނުވަތަ 9 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ނިންޖަކީ ދުވާލުގެ ބުރަ މަސައްކަތުން މީހާގެ ހަށިގަނޑަށް އަރާމު ލިއްބައިދިނުމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. އެހެންކަމުން ބޭކާރު ގޮތުގައި ރޭގަނޑު ހޭލާ އިނުމުގެ ބަދަލުގައި އަވަހަށް ނިދާފައި އަވަހަށް ހޭލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަންސް
1
1
4
0
1
0
0