ބަނޑުބޮޑުކަން އެގޭ ހިސާބުން ފިރިމީހާ އެ ކަމުގައި ބައިވެރިކުރަން މުހިންމު

5 ފެބުރުއަރީ 2022 - 11:41

ޒަވާޖީ ހަޔާތެއް ފެށުމަށްފަހު، އެންމެ ބޮޑު އުއްމީދެއް ކުރާނީ ކުއްޖަކު ހޯދުމަށެވެ. ފެމެލީ ޕްލޭންކޮށް ކުއްޖަކު ހޯދާނެ ގޮތުގެ ޕްލޭން ކައިވެންޏަށްފަހު، އެކުލަވާލައެވެ. ހުރިހާ ކަމެއްގެ ޕްލޭންވެސް ކުރަނީ ދެމަފިރިން އެކުގައެވެ.

ބަނޑުބޮޑުވުމުން އަންހެންމީހާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެއީ މާބަނޑުވުމުން ހޯމޯންއަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. މޫޑީވުމާއި، ހޮޑުލުމާއި، ބައެއް ކަހަލަ ވަސްތަކަށް ސެންސިޓިވް ވުން ފަދަ ގިނަ ބަދަލުތައް އާދެއެވެ. މި ފަދަ ބަދަލުތަކެއް އަޔަސް އެ ވާހަކަ އަނބިމީހާ ފިރިމީހާ ގާތުގައި ހިއްސާނުކުރާ ނަމަ އެކަން  އޮންނާނީ ފިރިމީހާއަށް ނޭގިއެވެ. މިހެންވުމުގެ ސަބަބުން ފުރަތަމަ މަރްހަލާގައި މި ކަމުގައި ބައިވެރިވާން ޖެހޭ މިންވަރަށް ފިރިމީހާއަށް އޮންނާނީ ބައިވެރިނުވެވިފައެވެ.

advertisement

ބަނޑުވުމުން އަންނަ ބަދަލުތަކާއި، ކަންބޮޑުވާ ކަންތައް ބިރުން ނުހުރެ ފިރިމީހާ ގާތު އެންމެ ފުރަތަމަ ހިއްސާ ކުރުމަކީ މުހިއްމު ކަމެއެވެ. ހިއްސާ ކުރާއިރު ބޭނުންވާ ހުރިހާ ކަމެއް ހިއްސާކުރުން މުހިއްމެވެ. އެގޮތުން ދަރިފުޅުގެ ކޮޓަރި ރީތި ކުރަން ބޭނުންވާ ގޮތާއި، ވިހަން ދާން ބޭނުންވާ ހޮސްޕިޓަލް އަދި ބޭބީއަށް ޝޮޕިން ކުރާނެ ގޮތާއި، މި ފަދަ ކަންތައް ދެ މީހުން އެކުގައި ވާހަކަދައްކައިގެން ޕްލޭން ކުރުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވެގެން ދާނެއެވެ. ބައެއް ފަހަރަށް ފިރިމީހާއަށް މި ކަމާއި ބެހޭ މާ ބޮޑު މައުލޫމާތެއް ނޭގޭނެ ކަމަށް ހީ ކޮށް ގާތް ރައްޓެހިން ނުވަތަ އާއިލާ މީހުންނާއި އެކު ޕްލޭން ކުރެވޭ ތަން އާދެއެވެ. އެހެން ނަމަވެސް ދެ މަފިރިން އެކުގައި މަޝްވަރާކޮށްގެން މި ކަން ކުރުމުން ޕްރެގްނެންސީގެ ފުރަތަމަ ސެމިސްޓާރގައި ވެސް ފިރިމީހާއަށް މި ކަން އެގި، އަދި އަނބިމީހާ މި ކަމުގައި ބޭނުންވާ ގޮތް ފިރިމީހާއަށް ދުރާލާ އެގޭނެއެވެ. މިހެންވުމުން ކަންތައް ޕްލޭން ކުރަން ފިރިމީހާއަށް ފަސޭހަވެގެން ދާނެއެވެ.

ރިއެކްޝަންސް
0
3
1
0
2
0
0