އެސްތްމާ އެޓޭކް ނުރައްކާވަނީ ކޮން ހާލަތެއްގައި؟

5 ފެބުރުއަރީ 2022 - 15:21

އެސްތްމާ ހުންނަ މީހުންނަށް އެސްތްމާ އެޓޭކް ކޮންމެ ފަދަ ގަނޑިއެއްގައިވެސް ޖެހިދާނެއެވެ. މި ކަމަށް ވަކި ގަނޑިއެއް ސިކުންތެއް ނޯންނާއެވެ. ވަރަށް ރީތި ސިއްހަތު ސަލާމަތުން ހުރެ ، ރީތިކޮށް އުޅެމުން ދަނިކޮށްވެސް އެސްތްމާ އެޓޭކެއް އަތުވެ، ނޭވާ ކުރުވެ ނޭވާލާން އުދަގޫވެ ނުރައްކާތެރި ހާލަތަކަށް ހިގައިދާނެއެވެ.

އެސްތާމާ ހުންނަ މީހެއްގެ އެއަރވޭސް ހުންނާނީ ދުޅަވެ އެހެން މީހުންނަށް ވުރެ ނާޒުކު ހާލަތެއްގައެވެ. ގިނަ ފަހަރަށް އެސްތްމާ ހުންނަ މީހުންނަށް ނޭވާލާން އުދަގޫވެގެން ދަނީ އެ މީހުންގެ އެއަރވޭސްއަށް އިތުރަށް އުދަގޫ ކުރުވާ ކަހަލަ ކަމެއް ދިމާވުމުގެ ސަބަބުންނެވެ. މި ޒާތުގެ ކަމެއް ދިމާވާއިރު، އެ ދިމާވާ ކަމެއްގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް އެޅި ޓްރިގާރ ވާ ފަދަ ޒާތުގެ އެސްތްމާ އެޓޭކް އެސްތްމާ ހުންނަ މީހުންނަށް ޖެހެއެވެ.ވައިރަސް އެއް ނޫނީ ހިރަފުސްގެ ސަބަބުންވެސް އެސްތްމާގެ ނުރައްކާތެރި އެޓޭކެއް ޖެހިދާނެއެވެ. ބެކްޓީރިއަލް ލަންގް އިންފެކްޝަނެއްގެ ސަބަބުން ކުޑަކުދިން ނުރައްކާތެރި އެސްތްމާ އެޓޭކަށް ހުށަހެޅިގެންދެއެވެ.މި ގޮތަށް ޓްރިގަރ ވެގެން އަންނައިރު، އެސްތްމާ ހުންނަ މީހުންގެ ތެރެއިން ، އެކި މީހުން ނުރައްކަލަށް ހުށަހެޅިގެންދާނީ އެކި މިންވަރަށެވެ. ކޮންމެ އެސްތްމާގެ މީހަކު މިފަދަ ކަމެއްގައި ޓްރިގަރ ނުވެދާނެއެވެ. މީގައި  އެންމެ މުހިއްމީ އެސްތްމާގައި ތިމާ ނުރައްކާތެރި ހާލަތަކަށް ހުށަހެޅިގެންދަނީ ކޮން ކަހަލަ ކަންތައްތަކާއި ހުރެތޯ، އަމިއްލައަށް ބަލައި ދިރާސާކޮށް މިކަން ދަނެގަތުމެވެ.

އެލާރޖީން އެސްތްމާ ހުންނަ ބައެއް ފަރާތްތަކައް އެސްތްމާ އެޓޭކެއް އައިސް ނުރައްކަލަކަށް ހުށަހެޅިގެން ދެއެވެ. އަދި ބައެއް ބަލިތަކާއި އިންފެކްޝަންއިންވެސް މި ހާލަތައް އެސްތްމާގެ ބަލިމީހުން ވެއްޓިގެންދެއެވެ. މިސާލަކަށް ރޯގާ ފަދަ ފްލޫ ވައިރަސް އަކުންވެސް އެސްތްމާ ނުރައްކާތެރި ހާލަތަކަށް ވެއްޓިގެންދެއެވެ.

ރިއެކްޝަންސް
0
2
0
1
0
0
0