ޖޫރިމަނާއަށް ވުރެ ސްޓޫޑެންޓް ލޯންގެ ބައެއް މައާފްކޮށްދިނުން މާރަނގަޅު

24 ފެބުރުއަރީ 2022 - 15:47

ކިޔެވުމަކީ މިޒަމާނުގައި މީހުން ވަރަށް ބޮޑަށް އިސްކަންދޭކަމެކެވެ. ކޮންމެވެސް ދާއިރާއަކުން ކޮންމެވެސް މިންވަރަކަށް ކިޔަވާ މީހުން މިހާރު ގިނައެވެ. ކުރިން ކިޔެވުމަކީ ވަކި އުމުރުފުރާއަކަށް ޙާއްސަވި ކަމަކަށްވީނަމަވެސް މިހާރު ކިޔެވުމަކަށް ވަކި އުމުރެއް ނެތެވެ. ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވާ މީހުންނަށް ބަލާލުމުން މިކަން ހާމަވެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔަވަމުން އަންނަ ކުދިންގެ އަދަދު މިހާރު ވަރަށް ބޮޑަށްވެސް އިތުރެވެ. ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔަވާ ގިނަ ކުދިންނަށް ކިޔެވުމަށް ފަހުގައި އޮންނަނީ ވަޒީފާއަކަށްގޮސް ސްޓޫޑަންޓް ލޯނު ދެއްކުމުގެ މަސައްކަތެވެ. ކިޔަވައި ނިންމައިގެން އައިސް ވަޒީފާއެއް ހޯދަން އުނދަގޫއިރު ސްޓޫޑަންޓް ލޯނު އޮންނަނީ އެތައް އަހަރެއް ވަންދެން ބޮލިގައި އެޅިފައެވެ.

advertisement

ކިޔަވައި ނިންމައިގެން އައިސް އެތައް އަހަރެއް ސްޓޫޑަންޓް ލޯނު ދެއްކުމުގައި ހޭދަކުރަން ޖެހުމަކީ ގިނަ ދަރިވަރުންގެ ޝަކުވާއެކެވެ. މި ލޯނުތަކަށް ކޮންމެވެސް ލުއި ގޮތެއް ހަދައިދިނުމަކީ އެ ދަރިވަރުންގެ ވަރަށް ބޮޑު އެދުމެކެވެ.

ދާދިފަހުން މީހަކު ޓްވިޓަރގައި ބުނެފައިވަނީ “ސައިކަލު ޖޫރިމަނާއަށްވުރެ ސްޓޫޑަންޓް ލޯނުގެ ބައެއް މާފުކޮށްދިނުން މާއައުލާކަން ބޮޑުކަމަށް ފެނޭ” މިހެނެވެ. މިއީ ވަރަށް ގިނަ ދަރިވަރުންގެ އާދޭހެކެވެ. ގައުމަށް އެކި ދާއިރާތަކުން ގާބިލް މީހުން ބޭނުންވާއިރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް ކޮންމެވެސް ލުއި ގޮތްތަކެއް ސަރުކާރުން ހޯދައިދިނުމެވެ. ލޯނު ނަގައިގެން ކިޔެވުމަށްފަހު މީހާގެ މުޅި އުމުރު އެ ލޯނު ދައްކަން ޖެހޭނެގޮތެއް ނުވާނެގޮތް ހަދައިދިނުމެވެ

ރިއެކްޝަންސް
2
3
0
0
0
0
0