އައިބީއެސްގެ ސަބަބުން ބަރުދަނަށް ބަދަލުއައިސްދާނެ

1 މާޗް 2022 - 15:08

އިއްރިޓަބަލް ބައުލް ސިންޑްރޯމް ނުވަތަ އައިބީއެސްގެ ސަބަބުން މީހާގެ ބަރުދަނަށް ބަދަލު އައިސްދާނެއެވެ. އައިބީއެސްއަކީ ގޭސްޓްރިކް މައްސަލައެކެވެ. މީގެ ސަބަބުން ދިމާވާ ބައެއް އެހެން މައްސަލަތަކުގެ ތެރޭގައި ބަނޑަށް ތަދުވުން، ފާހާނާއަށް ދެވުން ފަދަ ކަންކަން ހިމެނެއެވެ.

އައިބީއެސްގެ ސަބަބުން ބަރުދަން އިތުރުވާނަމަ ކުރެވިދާނެ ބައެއް ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި:

advertisement

ޑައިޓްކުރުން

ކެއުމަށް ބަލައިގެން އުޅުމަކީ ބަރުދަން އިތުރުވުމަށް އޮތް ހައްލެކެވެ. އެގޮތުން މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭނުންކުރުމުން ބަރުދަން ލުއިވުމަށް އެހީވެދެއެވެ.

ކަސްރަތުކުރުން

ހަށިގަނޑަށް ކަސްރަތުލިބޭފަދަ ކޮންމެވެސް ކަމެއް ކުރުމަކީ ބަރުދަން ލުއިވުމަށް އެހީވެދޭނެކަމެކެވެ. އަދި ޤަވައިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ލަސްލަހުން ކެއުން

ރަނގަޅަށް ހަފައިގެން ލަސްލަހުން ކެއުމަކީ އަވަހަށް ބަނޑުފުރި މަދުން ކެވެން މެދުވެރިވާ ކަމެއްކަމުގައި ދިރާސާތަކުން ދައްކަ އެވެ. އެހެން ކަމުން ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ ލަސްލަހުން ކާން އާދަ ކުރާށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0