މެއިން ދިލަ ނަގަނީ ކެއުމުގައި ބޭނުންކުރެވޭ ތަކެތީގެ ސަބަބުން

12 މާޗް 2022 - 17:19

ކެއުމުގައި ބޭނުންކުރެވޭ ބައެއް ކަހަލަ ކާއެއްޗެހީގެ ސަބަބުން މެއިން ދިލަނަގައެވެ. މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ.

މެއިން ދިލަ ނަގާއިރު މޭނުވަތަ ހިތް ހިމެނޭ ސަރަހައްދު ނުވަތަ ބަނޑުގެ ތެރެއިން އަނދާ ކަމުގެ އިހުސާސެއް ނުވަތަ ތޫނު އިހުސާސެއް ކުރެވެ އެވެ. އަދި ބައެއް ފަހަރު ރަހައަށް ބަދަލުތަކެއް އައުންވެސް ހިމެނެ އެވެ. މެއިން ދިލަ ނަގާއިރު ދިމާވާ ބައެއް އަލާމާތްތަކުގެ ތެރޭގައި:

advertisement
  • ކޮށި އެރުން، ކަރުތެރެ ހިކުން
  • ކަރުތެރޭގައި އެއްޗެއް ތާށިވާހެން ހީވުން
  • ކުޅު ގިނަވުން
  • އަނގައިން ނުބައިވަސް ދުވުން

މެއިން ދިލަ ނެގުން އާންމު ކަމަކަށް ވާނަމަ އެކަމަކީ “ގޭސްޓްރޯއެސްސަސޯފަޖީލް ރިފްލަކްސް ޑިޒީސް” (ޖީއީއާރުޑީ) ކަމަށްވުން އެކަށީގެންވާކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި މި ބައްޔަކީ އޭސިއާ ބައްރުގައި ހަލުވި ސްޕީޑެއްގައި އިތުރުވަމުން އަންނަ ބައްޔެއް ކަމުގައިވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިކަން މިހެން ދިމާވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބައެއް ބާވަތުގެ ކެއުން އަދި ބުއިމަށް މާ ގިނައިން އިންސާފު ކުރުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މިކަމަށް ދެވޭ އެންމެ އާންމު ފަރުވާ އަކީ ޕްރޮޓޯން ޕަމްޕް ތެރަޕީ (ޕީޕީއައި) ކަމުގައިވާއިރު މިކަމަކީ ބަނޑުގައި އުފެދޭ އެފަދަ ބާވަތްތަކުގެ އެސިޑް ނައްތާލުމަށް ދެވޭ ތެރަޕީއެއް ކަމަށް ބުނެފައި ވެއެވެ.

މެއިން ދިލަނެގުމުން ސަލާމަތް ވުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

ޑޮކްޓަރުން ލަފާ ދެއްވާ ގޮތުގައި މެއިން ދިލަނެގުމުން ސަލާމަތްވުމަށް ނިދުމުގެ ދޭއް ނުވަތަ ތިން ގަޑިއިރު ކުރިން ނާސްތާއަށް އިންސާފު ކުރުން މުހިންމެވެ. ނިދާ ގަޑިއާއި ނާސްތާ އަށް އިންސާފުކުރާ ގަޑި ގާތް ނަމަ މެއިން ދިލަ ނެގުމުގެ ފުރުސަތު ބޮޑުވެއެވެ.

މެއިން ދިލަ ނަގާނަމަ، މެއިން ދިލަ ނެގުމަށް އާންމުކޮށް މެދުވެރިވާ ބައެއް ކެއުން ނުވަތަ ބުއިންތައް ކަމުގައިވާ، ހުތް މޭވާ ނުވަތަ ބުއިންތައް މަދުކޮށްލުން، ކެފެއިން އެކުލެވޭ ބުއިންތައް މަދުކޮށްލުން، ފެޓްސް ގިނައިން އެކުލެވޭ ކެއުންތައް މަދުކޮށްލުން، ކުޅިކޮށް ނުކެއުން ހިމެނެއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0