ދިރާގު ‘މަމެން’ އެޕްލިކޭޝަނުން ލަވަޔަށް ލޯބިކުރާ ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ ޕެކޭޖުތަކެއް!

21 މާޗް 2022 - 16:06

ދިރާގުގެ ‘މަމެން’ އެޕްލިކޭޝަނުން ކަސްޓަމަރުންނަށް މިއުޒިކް އަޑުއެހުމަށް ހާއްސަ އެޑްއޮންތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ، ‘މަމެން’ ކަސްޓަމަރުންނަށް މިއުޒިކް އަޑުއެހުމަށް ހާއްސަ ހަތަރު އެޑްއޮން ޕެކޭޖެއް ތައާރަފުކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެއް ދުވަހުގެ ޕެކޭޖާއި، ފަސް ދުވަހުގެ ޕެކޭޖާއި، 10 ދުވަހުގެ ޕެކޭޖުގެ އިތުރުން މަސްދުވަހުގެ ޕެކޭޖުވެސް މި އެޑް-އޮންތައް ‘މަމެން’ އެޕް މެދުވެރިކޮށް ނެގޭނެ ކަމަށް ދިރާގުން ބުންޏެވެ.

advertisement

އޭގެ ތެރެއިން ކޮންމެ އެޑް-އޮންއެއް ނެގުމުން ވެސް ވަކި މިންވަރަކަށް ޑޭޓާ ލިބޭނެ ކަމަށާއި އެ ޑޭޓާ ބޭނުންކޮށްގެން މަޝްހޫރު މިއުޒިކް އެޕްތަކުން ލަވަ އަޑުއަހާލެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

އެގޮތުން ސްޕޮޓިފައި، އެޕަލް މިއުޒިކް އަދި ސައުންޑްކްލައުޑުންވެސް މިޔުޒިކް އަޑު އަހާލެވޭނެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0