ދަރިފުޅަށް ފޯކަސް ކުރުމަށް އެހީތެރިވެދޭނެ 6 ގޮތެއް!

18 އެޕްރީލް 2022 - 11:22

ފޯކަސް ކުރުމުގައި މައްސަލަ ޖެހުމަކީ ދިގު މުއްދަތުގެ ނުވަތަ ކުރު މުއްދަތުގެ ޗެލެންޖަކަށް ވެސް ވެދާނެ އެވެ. މި ދެގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް، އޭގެ ސަބަބުން އުނގެނުމަށް އުނދަގޫވެގެން ދެއެވެ. އަދި އޭގެ ސަބަބުން އާންމު ދިރިއުޅުމަށް ވެސް އަސަރު ކުރެއެވެ.

އަބަދު ފޯކަސް ކުރަން އުނދަގޫވާ ފަދަ ހާލަތްތައް ބަދަލު ނުކުރެވޭނެ އެވެ. އެކަމަކު ފޫހިފިލުވައިދީ، ކަންކަން ހަމަކުރުމަށް ދަރިފުޅަށް އެހީތެރިވެދޭނެ ގޮތްތަކެއް އެބަހުއްޓެވެ.

advertisement

ސީދާ ޕްރޮޖެކްޓްތަކަށް ފުންމާލާ:
ޓާސްކެއް ފަށަން ފަސްޖެހޭ ދިގު މުއްދަތަކަށް، އެއަށް ފޯކަސް ކުރަން އުނދަގޫވާނެ އެވެ. އެއީ ސްކޫލާއި ގޭގެ ވަށައިގެން ހިންގާ ޕްރޮޖެކްޓުތަކަށް ވާތީ އެވެ.

އޭގެ މާނައަކީ ތިބާގެ ދަރިފުޅަށް ހުރިހާ ކަމެއް އެއްފަހަރާ ކުރަން ޖެހޭ ވާހަކައެއް ނޫނެވެ. ފަށައިގަންނަން ފަސޭހަކުރުމަށްޓަކައި، ޓާސްކްތައް ބައިބަޔަށް ބުރިބުރިކޮށްލަން މަސައްކަތް ކުރާށެވެ. މުހިންމު ކަމަކީ ފެށުން ލަސް ނުކުރުމެވެ.

އެއްފަހަރާ އެކެއް ނުވަތަ ދެމީހަކަށް ޑައިރެކްޝަން ލިމިޓް ކުރުން:
ފޯކަސް ކޮށްގެން ކުދިން ޖިހާދު ކުރާއިރު، އެކުދިންނަށް އަޑުއިވުމާއި، ހަނދާން ކުރުމާއި، ޑައިރެކްޝަންތަކަށް ތަބާވުމަކީ އުނދަގޫ ކަމަކަށް ވެދާނެ. ވީމާ އެއްފަހަރާ މާގިނަ ޑައިރެކްޝަންތަކެއް ދީގެން ދަރިފުޅަށް އޯވަލޯޑް ނުކުރަން މަސައްކަތް ކުރާށެވެ.

ބުނަން މިއުޅެނީ ހޯމްވޯކް ގެ ވަގުތެވެ. އެސައިންމަންޓް ފޮތް ޗެކްކޮށް، ރަނގަޅު މެޓީރިއަލްސް ބޭރަށް ނެރެ، މަސައްކަތް ކުރަން ފަށާށޭ ދަރިފުޅަށް ބުނެވިދާނެ އެވެ. އެއީ ދަރިފުޅަށް ފޯކަސްކޮށް ހަނދާނުގައި ބަހައްޓަން ޖެހޭ ވަރަށް ވުރެ ބޮޑު ކަމަކަށް ވާނަމަ، އެއް ފިޔަވަޅަކަށް ފަހު ފިޔަވަޅަކަށް ބްރޭކް ކޮށްލާށެވެ.

ޓައިމާ އެއް ސެޓް ކޮށްލާ:
އެކުދިން ފޯކަސްކޮށްގެން ތިބެން ޖެހޭ ވަކި ލިމިޓެއް އޮތްކަން އެނގުމުން ކުދިންނަށް އެތާނގައި ހޭން ފަސޭހަވެގެން ދެއެވެ. އަވަސް ނާސްތާއެއް ލިބުމުގެ ކުރިން ނުވަތަ ޕްލޭ ބްރޭކެއް ނެގުމުގެ ކުރިން ދަރިފުޅަށް މަސައްކަތް ކުރަން ޖެހެނީ ކިހާ މުއްދަތަކަށްތޯ ޓައިމަރ އެއް ކަނޑައަޅާށެވެ. ފޯކަސް ކޮށްގެން ދަރިފުޅަށް ރަނގަޅުވާ ވަރަކަށް ވަގުތު ގެ މިންވަރު ކުޑަތަންކޮޅެއް އިތުރުކުރެވިދާނެއެވެ.

ވިސްނާފިކުރުކުރުން:
ސަމާލުކަން ދިނުމާއި ފޯކަސް ކުރުމުގެ ހުރިހާ ވެސް ކަމަކީ ސަމާލުކަން ދިނުމެވެ. ދިރާސާތަކުން ދައްކާގޮތުގައި ކުދިންގެ އަހުލާގު ރަނގަޅުކުރުމަށާއި ފިލާވަޅުތަކަށް ފޯކަސްކުރުމާއި ސްކޫލް މަސައްކަތްތަކަށް ސަމާލުކަންދިނުމުގެ ގާބިލުކަން ކުދިންގެ ކިބައިގައި ހުރުމަކީ ކުދިންގެ އަހުލާގު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޕްރެކްޓިސް ކުރަން އޮތް އެއް ގޮތަކީ މަޑުމަޑުން އިށީނދެ، ނޭވާލުމާއި ބޭރަށް ނުކުމެ އުޅުމަށް ފޯކަސް ކުރުމެވެ.ު ކުލާސް ނުވަތަ ޓެސްޓެއްގެ ކުރިން ތަންކޮޅެއް ފުން ނޭވާތަކެއް ވެސް ނެގުމަކީ ތަފާތު ކަމެއް ގެނެވިދާނެ ކަމެކެވެ.

ކުރާ ކަންތައްތަކަށް ލޯހުޅުވިފައި ހުންނަ މީހަކު ކަމުގައިވުން:

ބައެއް މީހުންނަށް ފޯކަސް ކުރަން ޓޯޓަލް ހަނު ތިބެން ޖެހެ އެވެ. އަނެއް ބަޔަކު އަޑުގަދަކުރާއިން މާ ރަނގަޅަށް ކަންތައް ކުރެ އެވެ. އެހެންވެ ކުދިންނަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ސުވާލުކުރުމަކީ މުހިންމު ކަމެކެވެ.

ހޯމްވޯކް ހަދާއިރު މިއުޒިކް އަޑުއަހަން ބޭނުންވެދާނެ ތިބާގެ ދަރިފުޅަށެވެ. އެއަށް ޓްރައިއެއް ދީ، އެކަން ހިނގާގޮތް ބަލައިލާށެވެ.

ސީދާ ފޯކަސް އަނބުރާ ޓާސްކަށް:
މި ފޯކަސް ޓެކްނިކްތައް ބޭނުން ކުރާއިރު ވެސް، އަދިވެސް ކުދިންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުވެދާނެ އެވެ. އެހެންވެ އެ މީހުން ވެސް ބޭނުންވަނީ އެ މީހުން ފަރިތަވާން ފެށުމުން އަލުން އަނބުރާ މަސައްކަތަށް ނުކުންނަން ސްޓްރެޓެޖީތަކެކެވެ.

ދަރިފުޅުގެ ސިކުނޑި ފުރެން ދެން ހޭލަން ފަށާއިރު ސިގްނަލް ހިފައިގެން އަންނާށެވެ. އެއީ ދަރިފުޅުގެ ދަތްދޮޅީގައި އަތް އަޅައިގެން ނުވަތަ ވަކި ބަހެއް ބުނެގެން ކަމަށް ވެސް ވެދާނެ އެވެ. ގޭގައި މި ސްޓްރެޓެޖީތައް ޓްރައި ކުރާ ކުއްޖާގެ ޓީޗަރަށް ބުނެދޭށެވެ.

ދަރިފުޅަށް ފޯކަސް ކުރުމަށް އެހީތެރިވެދޭނެ އެހެން ގޮތްތައް:
ގޭގައި ފޯކަސް ކޮށްގެން ދަރިފުޅަށް އެހީތެރިވުމަށް ބޭނުންކުރެވިދާނެ ވަރަށް ގިނަ އެހެން ސްޓްރެޓެޖީތަކާއި ޓެކްނިކްތަކާއި އަގުހެޔޮ އާލާތްތައް އެބަހުއްޓެވެ.

އެގޮތުން ތަފާތު ވައްތަރުގެ ފިޖެޓްތައް ޑިސްކަވާ ކޮށްލާށެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ ފިޖެޓްތައް ވެސް ހަދާށެވެ. ދަރިފުޅަށް ފޮތް ކިޔުމާއި، ލިޔުމާއި، ހިސާބު އެސައިންމަންޓް ތައް މެދުވެރިކޮށް ދަރިވަރަށް އެހީތެރިވުމަށް ހިލޭ ގްރެފިކް އޯގަނައިޒަރުން ޓްރައި ކޮށްލާށެވެ. އަދި އޭގެ އިތުރުން އެސައިންމަންޓްތައް ލިޔުމުގެ އެސައިންމަންޓްތައް ރޫޅާލާނެ ގޮތްތައް ދަސްކުރޭ އެހެންވެ އެއެސައިންމަންޓްތަކަށް ފޯކަސް ކުރަން ފަސޭހަވާނެ އެވެ.

ފޯކަސް ކޮށްގެން ނުވަތަ އެނޫންވެސް ހުނަރުވެރިކަމެއް ބޭނުންކޮށްގެން ސްޓްރަގަލް ކުރުމަކީ ކުއްޖާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރު ކޮށް، ކުއްޖާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް ވެސް އޭގެ އަސަރު ފޯރާ ކަމެކެވެ. ފޯކަސް ރަނގަޅު ކުރުމަށް ދަރިވަރު ކުރާ ބުރަ މަސައްކަތަށް ތައުރީފު ކުރާށެވެ. ކުދިކުދި އިމްޕްރޫވްމަންޓްތައްވެސް ފާހަގަކޮށްލާށެވެ. އަދި ފޯކަސް ސްކިލްސް ރަނގަޅު ކުރެވިދާނެކަން ދަރިފުޅަށް އަންގައިދޭށެވެ.

އަދި ހަމައެކަނި ގޮންޖެހުންތަކެއް ނޫން، ދަރިފުޅުގެ ވަރުގަދަކަމުގެ ވާހަކަ ދައްކަން ހަނދާން ކުރާށެވެ. ފޯކަސް ކާމިޔާބު، ބޮޑު އަދި ކުދި އުފާތައް ފާހަގަ ކުރާށެވެ. ކުދިންނަކީ ރަނގަޅު ބައެއްކަން ކުދިންނަށް އިނގޭއިރު، އެއީ ކޮންފިޑެންސް ބިލްޑްކޮށް، ކަންކަން އުނދަގޫވުމުން މޯޓިވޭޓްވެގެން ތިބުމަށް އެހީތެރިވެދޭ ކަމެކެވެ.

ރިއެކްޝަންސް
0
0
0
1
0
0
0