ހުޅުލެ-ހުޅުމާލެ ހައިވޭ މެދަކާ ހިސާބުން މިދުވަނީ ކޮންފަދަ ނުބައި ވަހެއް؟

5 މެއި 2022 - 13:52

ހުޅުމާލެ މާލެ ހައިވޭ މެދަކާ ހިސާބުން އާދަޔާހިލާފު ނުބައިވަހެއް ދުވަމުންދާ ވާހަކަ ހައިވޭ ހުރަސްކުރާ އެންމެންވެސް ދައްކާތާ ދުވަސް ތަކެއް ވެއްޖެއެވެ. ދުވާ ވަހުގެ ނުބައިކަމުން އަނބުރައި ނުގަންނަނީ ކިރިޔާއެވެ.


ބައެއް ފަރާތްތަކުން ބުރިޖުމެދަކާ ހިސާބުން ނޭވާ ހިފަހައްޓާލައިގެން ދުވެލި ބާރުކޮށްލައެވެ. އަދި ވަސްދުވާ ހިސާބުން ނުކުމެވުމާއެކު ފުންނޭވާއެއްލާކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. ގެއަށް ދާފަހުންވެސް ފަސްގަނޑު ސިކުނޑިން ފިލައިގެން ނުދާކަމަށް ގިނަބަޔަކު ބުނެއެވެ.

advertisement


މައުލޫމާތު ލިބިފައިވާގޮތުގައި މިދުވާ ނުބައިވަހުގެ އަސްލަކީ, ވެލާނާ އެއަރޕޯޓުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައެކެވެ. އަދި މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވެއެވެ.


ހައިވޭ ހުރަސްކުރާ ރައްޔިތުންގެ އެދުމަކީ ނޭވާހިފަހައްޓާލަން ނުޖެހި ހިތްހަމަ ޖެހިލައިގެން އަނެއްކާވެސް ހައިވޭ ހުރަސްކޮށްލާނެ ދުވަސްތަކެއްގެ އިންތިޒާރެކެވެ.

ރިއެކްޝަންސް
16
12
147
19
13
13
14