ބަރަހަނާ މަންޒަރު ބެލުމަށް ދެވިހިފުމާއި ޒަވާޖީ ހަޔާތައް ކުރާ އަސަރު

7 މެއި 2022 - 16:22

ގަބޫލުކުރަން ބޭނުން ނުވިޔަސް، ބަރަހަނާ މަންޒަރު، ނުވަތަ ޕޮނޮގްރަފީ ބެލުމަކީ ވަރަށް ގިނަ މީހުން ކުރާކަމެކެވެ. ބައެއް މީހުން މިކަން ކުރާކަމަށް އެއްބަސްނުވެދާނެއެވެ. ނަމަވެސް ނުބަލާކަމަށް ހެދިގެން އުޅޭމީހުންނަކީ ފަހަރުގައި އެންމެ ގިނައިން ޕޯން ބަލާ މީހުންކަމުގައިވެސް ވެދާނެއެވެ.

ބައެއް މީހުންނަކީ މިކަމަށް ދެވިހިފާފައިވާ މީހުންނެވެ. އިންޓަނެޓާއި ސޯސަލް މީޑިއާގެ އެކިއެކި ވަސީލަތްތަކުގެ ޒަރިއްޔާއިން މިހާރު މިފަދަ މަންޒަރުތަކާއި ފިލްމުތައް ބެލުމަކީ އެހާ އުނދަގޫކަމެއްނޫނެވެ.

advertisement

ޕޯން ބެލުމަށް ދެވިހިފާފައިވުމަކީ އޭގެ ސަބަބުން ގިނަ ނޭދެވޭ އަސަރުތަކެއް މީހާއަށް ކުރުވާކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. އޭގެތެރޭގައި މުޖްތަމައުގައި އެކަހެރިވުމާއި، ކައިވެނި ރޫޅުންފަދަ ކަންކަން ހިމެނެއެވެ.

ޕޯން އެޑިކްޝަން ނުވަތަ ދެވިހިފުމަކީ ކޮބާ؟

ކޮންމެ ކަމަކީވެސް މާގިނައިން އެކަން ކުރުމުގެ ސަބަބުން އެކަމަށް ދެވިހިފާ ކަންކަމެވެ. މިސާލަކަށް އިންޓަނެޓް ބޭނުންކުރުމާއި ސޯސަލް މީޑިއާގެ ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް ނުވަތަ އެނޫންވެސް އެޕްލިކޭޝަންތަކަކީ މާގިނައިން ބޭނުންކުރާނަމަ އެކަމަށް ދެވިހިފާ ކަންކަމެވެ. މީގެ ސަބަބުން ރޭގަނޑުގެ ގިނަ ވަގުތުވެސް އެކަމުގައި ހޭދަކުރެވޭ ފަހަރު އާދެއެވެ. ހަމައެގޮތައް ޕޯން ބެލުމަކީވެސް މީހާ އެއަށް ދެވިހިފާ ގިނަ ވަގުތު އެކަމުގައި ހޭދަކުރާ ކަމެކެވެ.

އަލާމާތްތަކަކީ ކޮބާ؟

ދޭތެރެއަކުން އެފަދަ ވީޑިއޯއެއް ބަލާލުމަކީ އެއަށް ދެވިހިފުމެއް ނޫނެވެ. ނަމަވެސް އެފަދަ ވީޑިއޯ ބެލުމުގެ ސަބަބުން މީހާގެ ދިރިއުޅުމަށް އަަސަރުކުރާނަމަ އެވަނީ ދެވިހިފާފައެވެ. އޭގެތެރޭގައި:

  • އަބަދު އެފަދަ ވީޑިއޯތައް ބެލުން
  • އެފަދަ ވީޑިއޯތައް ބެލުން ހުއްޓާލަން އުނދަގޫވުން
  • ދުނިޔަވީ އެހެން ކަންކަމާއި ދުރުވުން
  • ކައިވެނި ކޮށްގެން އުޅޭ މީހަކު އަނބިފިރި ކަމުގެ ގުޅުން ހިންގުމުގެ ބަދަލުގައި ޕޯން ވީޑިއޯ ބެލުން އިހްތިޔާރުކުރުން. މީގެ ސަބަބުން ކައިވެންޏަށް އޭގެ ނޭދެވޭ އަސަރު ކުރޭ.

ޕޯން އެޑިކްޝަންއާއި ކައިވެނި

ކައިވެނިކޮށްގެން އުޅޭ 2 މީހުންގެ ތެރެއިން އެކަކީ ޕޯންއަށް އެޑިކްޓް ވެފައިވާ މީހެއްނަމަ އޭގެ ނޭދެވޭ އަސަރު ކައިވެންޏަށް ކުރާކަމަށް ދިރާސާއިން ދައްކައެވެ. ސަބަބަކީ މީގެ ސަބަބުން އަނބިފިރިކަމުގެ ގުޅުން އޮންނަންޖެހޭ ގޮތުގައި އެ ދެ މީހުންގެ ދޭތެރޭގައި ނޯތުމެވެ.

ދެން ކަންތައް ކުރަންވީ ކިހިނެތް؟

ޕޯންއަށް އެޑިކްޓް ވެފައިވާ މީހެއްނަމަ މިކަން ހުއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެތެރޭގައި އިންޓަނެޓް ބޭނުންކުރުން ލިމިޓްކުރުން ހިމެނެއެވެ. ނުވަތަ މިކަމުގައި ކައުންސިލިންވެސް ހޯދިދާނެއެވެ.

ރިއެކްޝަންސް
10
6
58
14
5
6
28