ރިޕޯޓު: ޓިއުޝަންގެ ވިޔަފާރި ހުއްޓުމަކަށް ގެންނަންޖެހޭ!

12 މެއި 2022 - 21:10

ސަރުކާރުގެ ހޮސްޕިޓަލަކުން އެކަށީގެންވާ ފަރުވާއެއް ލިބުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޑޮކްޓަރަށް ދެއްކުމަށް އުނދަގުލުން ނޫނީ ނަންބަރެއް ނުލިބެއެވެ. ނަމަވެސް ހަމަ އެ ޑޮކްޓަރަށް މާލޭގެ ތިން ހަތަރު ކްލިނިކަކުން ފަސޭހަކަމާ އެކު ނަންބަރު ލިބެއެވެ. އަދި ހޮސްޕިޓަލަށް ދެއްކުމުން ނުސީދާ ގޮތެއްގައި ކްލިނިކަށް ދައްކަން ލަފާ ދޭ ފަހަރު ވެސް މަދެއް ނޫނެވެ.  އެކަން ހުއްޓުވުމަށްޓަކައި މީގެ ކުރިން ފިޔަވަޅުތަކެއް އެޅިއެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބި އަދިވެސް އެކަން އޮތީ އެހެންނެވެ.

ހަމަ މި ބީދައިން އޮތް އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. ތައުލީމީ ދާއިރާގެ ޓިއުޝަންގެ ވިޔަފާރިއެވެ. މިއީ ހައްދުފަހަނަ އަޅާފައިވާ ވިޔަފާރިއެކެވެ. އަގު ބޮޑު ވިޔަފާރިއެކެވެ. ގްރޭޑް ހައަކުން ފެށިގެން މަތީ ދަރިވަރެއްގެ އެންމެ މާއްދާއެއްގެ އަގު ވެސް އުޅެނީ 700ރ. އިން މަތީގައެވެ. އެއަށް ވުރެ މަތިވެއްޖެ ނަމަ ހާހުން މަތީގައެވެ. މަޝްހޫރު ބައެއް ޓީޗަރުން މާއްދާއަކަށް 1،500-2،000ރ.އާ ދެމެދުގެ އަދަދެއް ވެސް ނަގައެވެ. އާންމު ގޮތެއްގައި އޯލެވެލް އަށް ތައްޔާރުވާ ކުއްޖެއްގެ ޓިއުޝަނަށް އެކަނި ވެސް 7،500ރ. ހޭދަވެއެވެ. ގެދޮރު ކުއްޔާއި ފެންބިލާއި ކަރަންޓް ބިލެކޭ އެއްގޮތަށް ޓިއުޝަން ބިލް ނުވަތަ ފީއަކީ ވެސް ބެލެނިވެރިންނަށް އޮތް ބޮލުގަ ރިހުމެކެވެ.

advertisement

ބެލެނިވެރީންގެ ތަޖުރިބާ

ބެލެނިވެރިއަކު ބުނީ ތިން ކުދިންގެ ޓިއުޝަން ފީއަށް މަހެއްގެ މައްޗަށް 9،000ރ. ހޭދަވާ ކަމަށާއި ކުއްޔާއި ކަރަންޓް ބިލާއި ފެން ބިލު ދައްކަމުން ޓިއުޝަނަށް އެވަރުގެ ބޮޑު ހޭދައެއް ކުރަންޖެހުމުން އަބަދު ވެސް އޮންނަނީ ދަރަނިވެރިވެފައި ކަމަށެވެ.

“ހަގީގަތުގައި ދިރިއުޅެންޖެހިފައިވާ ގޮތުން ޓިއުޝަނަށް އެވަރުގެ ހޭދައެއް ކުރަންޖެހެނީ. މާލޭގައި ދެމަފިރިން މަސައްކަތް ކޮށްގެން ނޫނީ ކުލި ދައްކައިގެން ނޫޅެވޭ. އެހެންކަމުން ދަރިންގެ ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދެވި މިދަނީ. ދެން އެތަން ފޫބައްދަން މި ޖެހެނީ ޓިއުޝަނަށް ފޮނުވަން. އެއީ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއް. ދަރިން ބޮޑެތިވާ ވަރަކަށް ކުރަންޖެހޭ ހޭދަ ބޮޑުވޭ. ބިލްތައް ދައްކާފައި ތިން ކުދިންގެ ޓިއުޝަނަށް ފީދައްކަން މި ޖެހެނީ ކޮންމެވެސް އެހެން ގޮތެއް ހޯދަން. ލިބޭ އެއްޗަކުން ދެކޮޅެން ނުޖެހޭ،” ބެލެނިވެރިއަކު އޭނާގެ އުދާސްތައް ބޭރުކޮށްލިއެވެ.

ޓިއުޝަން ކޮންމެހެން ނަގަންޖެހޭތަ؟

ތައުލީމީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ޓިއުޝަން ނަގަންޖެހެނީ ދިރިއުޅުމުގެ އިތުރު ތައުލީމީ ނިޒާމު ވެސް ބައްޓަންވެފައި އޮތް ގޮތުން ކަމަށެވެ. އެއް ކްލާހެއްގައި މާ ގިނަ ދަރިވަރުން ތިބެން ޖެހުމުންނާއި ތައުލީމީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން ސްކޫލުން ބޭރުން އިތުރު އެހީއަކާ ނުލައި ދަރިވަރުންނަށް ފިލާވަޅުތައް ފަހުމުވާން އުނދަގޫތަކާ ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ވަރަށް ގިނަ ފެކްޓާސްތައް އެބަހުރި. އެއް ކްލާހެއްގައި އެހާ ގިނަ ކުދިން ތިބޭތީ ވެސް މި މައްސަލަ ދިމާވޭ. ތަންކޮޅެއް ވީކް ކަމަށް ފާހަގަކުރެވޭ ދަރިވަރުންނަށް އަޅާލަންޖެހޭ މިންވަރަށް އަޅާ ނުލެވޭ ފަހަރު އެބަ އާދޭ. އަދި އެފަދަ ކުދިން ކްލާހުގައި ބާކީކޮށްލެވޭ ފަހަރު ވެސް މަދެއް ނޫން. މުޅި ނިޒާމަށް ރަނގަޅު ބަދަލެއް ގެނެވިގެން ނޫނީ މުޅި މައްސަލަ އަށް ހައްލެއް އަންނާނެ ކަމަކަށް ނުބެލެވޭ،” ތައުލީމީ ދާއިރާގައި ގިނަ ދުވަސް ތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ.

ޓިއުޝަނަކީ ބޮޑު ވިޔަފާރިއެއް

ބައެއް ބެލެނިވެރިން ދެކޭ ގޮތުގައި ޓިއުޝަނަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، މިހާރު ވަނީ ބޮޑު ވިޔަފާރިއަކަށް ވެފައެވެ. ހާއްސަކޮށް ބިދޭސީ ޓީޗަރުންގެ ފަރާތުން އެކަން ވަރަށް ބޮޑަށް ފާހަގަވެފައިވާއިރު ދިވެހި މާއްދާ އުނގަންނައިދިނުމުގައި ހަރަކާތެރިވާ ވަރަށް މަޝްހޫރު ޓީޗަރުންގެ ފީ ވެސް އިންތިހާ އަށް ބޮޑުކަން ބައެއް ބެލެނިވެރިން ފާހަގަކުރެއެވެ.

“ބޭރު މީހުން ހާއްސަކޮށް. ކްލާހުގައި މާ ބޮޑަށް ކިޔަވައިނުދީ ހަމަ އެކަނި ޓިއުޝަނަށް އެބަ ފޯކަސް ކުރޭ. ސްކޫލަކީ ބައެއް ޓީޗަރުން ޓިއުޝަން ޕްރޮމޯޓްކުރަން ދާ ތަނެއް. އެ މީހުން އެބަ ބުނޭ ޓިއުޝަނަށް އަންނަވީ ނޫންހޭ. ފާސްކޮށްދޭނަމޭ. ކްލާހުގައި ކިޔަވައިނުދީ ޓިއުޝަނުގައި މާ ރަނގަޅަށް ކިޔަވައިދޭ އެބަ. އަދި ބާރު ވެސް އެބަ އަޅާ،” ބެލެނިވެރިއަކު ބުންޏެވެ.

ސްކޫލަށް ދޭ ވަގުތު ކިތަންމެ ގިނަ ނަމަ ވެސް ޓިއުޝަން ދޭން ބައެއް ޓީޗަރުންނަށް މަޖުބޫރުވެފައި ވަނީ ޓީޗަރުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭތީއެވެ. ވަޒީފާގެ ގޮތުން އިތުރު އެހެން މަސައްކަތެއް ކުރެވެން ނޯންނާތީ އާއި ލިބޭ މުސާރައިން ދެކޮޅު ނުޖެހޭތީ ވަގުތު ހުސްކޮށްގެން ޓިއުޝަން ދޭން މަޖުބޫރުވަނީ ކަމަށް ވެސް ބައެއް ޓީޗަރުން ބުންޏެވެ. ހާއްސަކޮށް ދިވެހި ޓީޗަރުން ޓިއުޝަން ދެނީ އިތުރު އާމްދަނީއެއް ހޯދަން މަޖުބޫރުވެގެން ކަމަށް ޓީޗަރަކު މައުލުމާތު ދިނެވެ. މުސާރައިގެ މައްސަލައަށް މި މަހުން ފެށިގެން ހައްލު ލިބޭނެއެވެ. ޓީޗަރުންގެ މުސާރައަށް މި މަހުން ފެށިގެން ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ވަރުގެ މުސާރައެއް ޓީޗަރުންނަށް މި މަހުން ފެށިގެން ލިބެން ފަށާނެއެވެ. މުސާރަ ބޮޑުކުރުމުގެ ވާހަކައާ އެކު ޓިއުޝަންގެ ވިޔަފާރި ހުއްޓާލުމަށް ގޮވާލާ އަޑު ވަނީ ގަދަވެފައެވެ. ހާއްސަކޮށް އެކަންކުރާނެ އުސޫލެއް ކަނޑައަޅައި ރަޖިސްޓްރީކުރެވޭ ކޯޗިން ސެންޓަރުތަކުން ނޫނީ އެކަން ނުކުރެވޭނެ ގޮތަކަށް ނުވަތަ މިހާރަށް ވުރެ ބެލެނިވެރިންނަށް ލުއި ގޮތަކަށް

ރިއެކްޝަންސް
1
6
15
4
4
2
20