Skip to content
Maldives calendar. Today: Maldives calendar

މައި ހުޅުމާލެ ވޮލީ ބޯލް ކޭމްފް 2022 ބާއްވައިފި

މައި ހުޅުމާލެ ވޮލީ ބޯލް ކޭމްފް 2022 ބާއްވައިފި

ވޮލީ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ހައުސިންގ ޑިވެލޮޕްމަންޑް ކޯރޕަރޭޝަން (އެޗްޑީސީ) ފަރާތުން ބޭއްވި “މައިހުޅުމާލެ ވޮލީ ބޯލް ކޭމްޕް 2022” އިއްޔަވަނީ ނިންމާލާފައެވެ. އިއްޔަ ބޭއްވުނު ހާއްސް ރަސްމިއްޔާތުގައި ކޭމްޕްގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ.

މި ކޭމްޕްއަކީ މާލެ ސަރަހައްދުގެ ދެޖިންސް ކުދިންނަށް އަމާޒުކޮށްގެން ވޮލީ މޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމަށާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް ބޭއްވި ކޭމްޕެކެވެ. އަދި މިދިޔަ އަހަރު ބޭސިކް ސްކިލްސް ދަސްކޮށްދިން ކުދިންނަށް އިތުރު ތަމްރީން ދިނުމަށް މިފަހަރު އެޑްވާންސް ސްކިލްސް ދަސްކޮށްދެވުނެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

މި ކޭމްޕްގައި ޖުމްލަ 58 ކުދިންވަނީ ބައިވެރިވެފައެވެ. އަދި މި ކޭމްޕް ނިންމާލެވުނީ ބައިވެރިވާ ކުދިންގެ މެދުގައި 1 ދުވަހުގެ މުބާރާތެއް ބޭއްވުމާއި އެކުގައެވެ. މިދަފަ ކުޅިވަރުތައް ބޭއްވުމުގައި އާންމުންގެ ފަރާތުން ވަރަށް ބޮޑެތި އެއްބާރުލުން ލިބޭކަމަށް އެޗްޑީސީއިން ފާހަގަކުރިއެވެ.

އަދި މި ކުޅިވަރުތަކުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާތީ، މި ކޯޕަރޭޝަންގެ ފަރާތުން މުސްތަގްބަލުގައިވެސް މިފަދަ ކުޅިވަރުތަށް ބޭއްވުމަށް ވަނީ ރޭވިފައިކަން ފާހަގަކުރިއެވެ.