މާންދޫއަށް ކިރުވި މަހަށް ފައިސާ ނުދޭތީ ހުށަހެޅި ކުއްލި މައްސަލައިގާ ހުރި ނުކުތާތަށް

14 ނޮވެމްބަރ 2022 - 11:25

ލ. މާންދޫ އަށް ކިރުވި މަހަށް ފައިސާ ނުދޭ މައްސަލާގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު މަޖިލީހުންވަނީ ބަލައިގަނެފައި އެވެ.

ކަން ހިނގި ގޮތް

  • ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ މާންދޫގެ މަސް ފެކްޓްރީ ބޭރުގައި މަސްވެރިން އިއްޔެއިން ފެށިގެން ދަނީ މުޒާހަރާ ކުރަމުން
  • މުޒާހަރާ މަސްވެރިން މައުލޫމާތުދޭ ގޮތުގައި ކިރާ މަހަށް ފައިސާ ލިބެނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން
  • މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ އޮތް ކަމަށް މަސްވެރިން ހާމަކުރޭ

ވިސާމް ހުށަހެޅި ކުއްލި މައްސަލާގައި ބަޔާންކޮށްފައިވަނީ:

  • މަސް ނުކިރުމުގެ މައްސަލައާއި މަހަށް ފައިސާ ދޫނުކުރުމުގެ މައްސަލަ ޖެހި މަސްވެރިން ތިބީ ގޮތް ހުސްވެފައި
  • މަސްވެރިންނަށް ފައިސާ ނުލިބުމުގެ ސަބަބުން ލ. އަތޮޅާއި އެ ސަރަހައްދުގެ އެހެނިހެން މަސްވެރި އާއިލާތަކަށް ވެސް ނުތަނަވަސްކަމާ ކުރިމަތިލާންޖެހިފައިވޭ
  • މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ސަރުކާރުގެ އިދާރާތަކުން ހޯދައިދޭން ޖެހޭ

މި ކުއްލި މައްސަލަ މިއަދު ފާސްކުރަން މަޖިލީހުގައި ވޯޓު ދެއްވާފައިވަނީ 43 މެންބަރުންނެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0