Skip to content
Maldives calendar. Today: Maldives calendar

ފަރެސްމާތޮޑާ އެއާޕޯޓްގެ 82 ޕަސަންޓް މަސައްކަތްތައް ނިމިއްޖެ: އެމްޓީސީސީ

ފަރެސްމާތޮޑާ އެއާޕޯޓްގެ 82 ޕަސަންޓް މަސައްކަތްތައް ނިމިއްޖެ: އެމްޓީސީސީ

ގދ.ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިއްޖެއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދެމުން އެމްޓީސީސީއިން ބުނީ، ފަޔަރ ބިލްޑިންގެ 95 އިންސައްތަ މަސައްކަތްތައް އަދި ޓާމިނަލް އިމާރާތުގެ 95 އިންސައްތަ އެކީ ނިމިފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑެއް އިމާރާތްކުރެވޭނެއެވެ. ގދ.ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ 144.8 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ބުނެއެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

އެމްޓީސީސީއަށް ގދ.ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 10 ނޮވެމްބަރ 2020 ގައެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ 600 ދުވަހެވެ