އެމްޑަބްލިއުއެސްސީ އިން 3000 ޓަނުގެ ފެން ޕްލާންޓެއް ގެންނަނީ

11 ޖެނުއަރީ 2023 - 15:26

3000 ޓަނުގެ ފެން އުފައްދާ ފެން ޕްލާންޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު މައުލޫމާތުދީފައިވާ ގޮތުން މިހާރު އެކުންފުނިން މާލޭ ސަރަހައްދުގެ ބޭނުމަށް އުފައްދަނީ ދުވާލަކަށް 20000 ޓަނުގެ ފެނެވެ.

advertisement

ދުވާލަކަށް ބޭނުންކުރަނީ 18000 ޓަނުގެ ފެނެވެ. އިތުރު ޕްލާންޓެއް ގެންނަން ނިންމީ މާލޭ ސަރަހައްދުގެ އާބާދީ ބޮޑުވަމުން އަންނަ އައުމާއި ގުޅިގެން ފެން ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިންގަޕޫރުން ގެންނަ މި ފެން ޕްލާންޓް ބޭނުންކުރަން ފަށާނީ އޮގަސްޓު މަހުގައެވެ.

މިވަގުތު އެ ކުންފުނިން ފެން އުފައްދަމުން އަންނީ މާލޭގެ ތިން ސަރަހައްދެއްގައި ޕްލާންޓް ބަހައްޓައިގެންނެވެ. ސަރުކާރުން ވަނީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބިން އެ ކުންފުންޏަށް ކަނޑައަޅާފައެވެ.

އަލަށް ލިބުނު ބިމުގައި 13000 ޓަނުގެ ފެން ޕްލާންޓެއް ގާއިމުކުރުމަށް ރާވާފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ އިއުލާން ކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0