މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

26 ޖެނުއަރީ 2023 - 17:17

މަތިވެރިގައި ފެނުގެ ނިޒާމު އަންނަމަހު ޓެސްޓުކުރަނީ

އެމް.ޑަބްލިއު.އެސް.ސީ އިން ވިދާޅުވީ އއ. މަތިވެރީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ބޮޑެތި ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. ފެނުގެ ކަނެކްޝަން ގެތަށް ގުޅުމުގެ މަސައްކަތާއި ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ މަސައްކަތްވެސް ނިމިފައިވެއެވެ.

ވަގަށް ކޯޓަށް ވަތް މީހަކު ހައްޔަރަށް, އެދުނީ ޖަލުގައި ބަންދުކޮށްފަ ބަހައްޓަން

ފުލުހުން ބުނީ ޖުވެނައިލް ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އެތަނުގެ ތެރެއަށް އޭނާ ވަދެ އަގުބޮޑު މުދާތައް ވަގަށް ނަގާފައިވެއެވެ. އައްޑޫ ސިޓީއަށް ނިސަބަތްވާ އުމުރުން 31 އަހަރުގެ އެ ފިރިހެން މީހާއަށް ތުހުމަތުކުރަނީ ވައްކަން ކުރުމާއި މުދަލަށް ގެއްލުން ދިންކަމަށެވެ.

advertisement

ހިތަދޫގައި 22 އަހަރު ފަހުން 500 ގޯތި ދޫކުރަން އިއުލާނުކޮށްފި

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ ހިތަދޫން 1،500 އަކަފޫޓުގެ ގޯތިތައް ހޯދުމަށް އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެނެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިން ކުންފުންޏަށް ދިން ދެ ބިން އަތުލަނީ

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ‘ނައިންޓީނައިން ހޯލްޑިންގްސް’އަށް ދީފައިވާ ދެ ބިން އަތުލުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި. އެ ކުންފުންޏަށް ވަނީ ވިލާމާލޭގެ އަތިރިމަތިން 2000 އަކަފޫޓުގެ ބިމަކާއި ސިނާއީ ސަރަހައްދުން 1177 އަކަފޫޓުގެ ބިމެއް ހަވާލުކޮށްފަ.

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމެނީ

ސ. ހުޅުމީދޫ މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ނެރަށް ވަދެވެން އޮންނަ އައު ދިމާ ފުންކުރުމުގެ މަސައްކަތުގެ 86 ޕަސެންޓް ނިމިއްޖެއެވެ. އަދި މި އެ މަޝްރޫއުގެ ތެރޭގައި އު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިއްޖެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0