Skip to content
Maldives calendar. Today: Maldives calendar

މަސްތުވާތަކެތި ފެނިއްޖެނަމަ އަނބުރާ ގައުމަށް ފޮނުވާލެވޭހެން ގަވައިދެއް ހަދައިފި

މަސްތުވާތަކެތި ފެނިއްޖެނަމަ އަނބުރާ ގައުމަށް ފޮނުވާލެވޭހެން ގަވައިދެއް ހަދައިފި

ގެޒެޓުކޮށްފައިވާ އިމިގްރޭޝަންގެ އައު ގަވައިދުގައިވާ ގޮތުން، ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަން ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބެއެވެ.

އެ ކަން ކުރެވޭނީ ވަކި ހާލަތްތަކަކީ ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމެވެ.އަދި މަސްތުވާތަކެތި އުފުލުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާކަމަށް ނުވަތަ އެ މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުމެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

ގަވައިދުގައި މިހެން އޮތް ނަމަވެސް އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވިދާނެ ވަކި ހާލަތްތަކެއް ވެސް ވެއެވެ.

އޭގެ ތެރޭގައި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުން ހިމެނެއެވެ. ނަމަވެސް އެ ކަން ކުރަންވާނީ އެ މީހަކު ރާއްޖެ އައި އެއާލައިނަކުން އޭނާއަަށް އެނބުރި ގައުމަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ.