Skip to content
Maldives calendar. Today: Maldives calendar

ހަންޏާމީދޫގެ ފެނުގެ ހިދުމަތް އިފުތިހާހުކޮށްފި

ހަންޏާމީދޫގެ ފެނުގެ ހިދުމަތް އިފުތިހާހުކޮށްފި

އދ. ހަންޏާމީދޫގެ ފެނުގެ ހިދުމަތް އިއްޔަ އިފުތިތާހުކޮށްފިއެވެ.

ހަންޏާމީދޫގެ ފެނުގެ ހިދުމަތް އިފުތިތާހުކޮށްދެއްވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފާއި ހަންޏާމީދޫ ކައުންސިލުގެ ރައީސް މޫސާ ނަޒީމެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz

ސްޓެލްކޯއިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ފެނުގެ ހިދުމަތް ހަންޏާމީދޫގައި އިފުތިތާހުކޮށްފައިވަނީ 170 ކަނެކްޝަނާއެކު ކަމަށާއި ފެނުގެ ހިދުމަތް އިފުތިތާހުކުރުމާއެކު އެ ހިދުމަތަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް މިއަދުން ފެށިގެން ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ. 

މިމަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނު ފެން ހިލޭ ލިބޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ހަންޏާމީދޫގެ ފެނުނު މަޝްރޫއަކީ 22.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.