ފޭސް 2އަކީ މުވާސަލާތީ ވިއުގާ އިން ގުޅާލާ ތައްޔާރުވެފައިވާ ތަނަކަށް ހެދުމަކީ އަމާޒެއް: އެޗް.ޑީ.ސީ

27 ފެބުރުއަރީ 2023 - 15:45

ޒަމާނުއްސުރެއް ދިރިއުޅުން ބަދަލަކޮށް އަލަށް އެޕާޓްމަންޓަކަށް ބަދަލުވަމުން އިސްކަންދޭ ގިނަ ކަންތައްތަކެއް ހުރެއެވެ. މިގޮތުން ގޭގެ ކަރަންޓާއި ފެން ފަދަ ޙިދުމަތްތައް ޤާއިމު ކުރުމަށް ޙާއްސަ އިސްކަމެއް ދޭ އުސޫލުން، ޒަމާނަށް އައި ބަދަލާއި ތަރައްޤީ އާއި އެކު މި ޙިދުމަތްތަކުގެ އިތުރަށް މުވާސަލާތީ ގުޅުން، އިންޓަނެޓް އަދި ކޭބަލް ޓީވީ އަކީ ވެސް މިހާރު ކޮންމެހެން ހުންނަށް ޖެހޭ ޙިދުމަތްތަކަކަށް ވަނީ ވެފައެވެ.

މިކަން އާއްމުކޮށް އޮންނަނީ ތަކުލީފަކަށްވެ ޙިދުމަތް ހޯދުމަށް ގިނަ ދުވަސްތަކެއް ނަގާ ކަމަކަށް ވެފައެވެ.  ނަމަވެސް، ހުޅުމާލޭގެ ތަރައްޤީ އައު މިސްރާބަކަށް ބަދަލުކޮށް ޒަމާނީ ވަސީލަތްތަކާއި އެކު އެޗް.ޑީ.ސީގެ ފަރާތުން ޤާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކަކީ ފޭސް ދެއެއްގައި ތަރައްގީކުރެވޭ ކޮންމެ އިމާރާތަކީވެސް އެތަނަކަށް ރައްޔިތުން ބަދަލުވާންވާއިރަށް ސީދާ އެޕާރޓްމެންޓާއި ހިސާބަށް ފައިބަރ ނެޓްވަރކް އިންޓަރނެޓް އަދި ޓީވީގެ ޙިދުމަތްލިބިގަތުމަށް ތައްޔާރު ކުރެވިފައިވާ ނެޓްވޯކެކެވެ. އަދި ނަތީޖާއެއްގެ ގޮތުން ރައްޔިތުން އިމާރާތައް ބަދަލުވެ ޙިދުމަތައް އެދުމާއެކު ގަޑިއިރުކޮޅެއް ތެރޭގައިވެސް ޙިދުމަތް ލިބިގެންދާނެ މަގު މިހާރު މިވަނީ ފަހިކޮށްދެވިފައެވެ.

advertisement

 ފޭސް ދެއެއްގައި 7000 ހިޔާ ފްލެޓް، ސްޓެލްކޯގެ ބްލޫ ރިޖް، އެމް.އޭ.ސީ.އެލްގެ ހިޔާ ފްލެޓްއަށް ރައްޔިތުން ބަދަލުވިއިރު އެޗް.ޑީ.ސީގެ ސްމާޓްކޮމް ޓީމްއިން ވަނީ މިއިން ކޮްންމެ އިމާރާތެއްގެ ހުރިހާ ފްލެޓްތައް އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯރކްއާ ގުޅާލައި އެޕާރޓްމެންޓްތަކުގައި އޯ.އެން.ޓީ ޑިވައިސް ހަރުކޮށް ޙިދުމަތްތައް ދިނުމަށް ތައްޔާރުކޮށްފައެެވެ. އަދި މިހާރު ހުޅުމާލެ ފޭސް ދެއެއްގައި އެމް.ޑަބްލިއު.އެސް.އީ ގެ މަލަސް އިމާރާތްވެސް މިވަނީ ގުޅުވާލައިފައެވެ. މި އިމާރާތުގެ އެޕާރޓްމަންޓްތަކުގެ ވެރިފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އިމާރާތައް ކަނެކްޝަން އަޅާ ފެބްރުއަރީ 15 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިންޓަރނެޓް އަދި ޓީވީގެ ޙިދުމަތް ލިބޭނޭ ނިޒާމް ޤާއިމްކުރެވިފައެވެ.  

 މި މަސައްކަތުން ލިބޭ ފަސޭހަތައް ނުހަނު ގިނައެވެ. މިގޮތުން އިންޓަރނެޓްގެ ޙިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލްކޮށްލަން ބޭނުންވި ކަމުގައި ވިޔަސް ކުޑަ ވަގުތުކޮޅެއްގެތެރޭގައި އެކަން ވުމުގެ މަގުފަހިވެގެން ދާނެއެވެ.  އަދި ޙިދުމަތް މެދުކެނޑުމަށް ދިމާވާ މައްސަލަތައް ވަނީ މަދު ކުރެވިފައެވެ. އޯޕަން އެކްސެސް ނެޓްވޯރކްއާއި އެކު އެކި ޙިދުމަތްދޭ ފަރާތްތައް މަގުކޮނެ ކޭބަލް އެޅުމުގެ މަސައްކަތް ހުއްޓުމަކަށްގެނެވުމުން މަސައްކަތުގެ ތެރޭގައި އެހެނިހެން ކޭބަލް ތަކަށް ގެއްލުން ލިބި ކަނެކެޝަންކެނޑެން ދިމާވާ ހާލަތްތައް  މަދުކުރެވުނެވެ. އޭގެ ހެއްކެއްކަށް ވަނީ އޯޕަން އެކްސެސް ނެޓްވޯރކް ގެ އަޕްޓައިމް ވޭތުވެދިޔަ އަހަރުތެރޭގައި 100% ގައި ހުރުމެވެ. މާނައަކީ ކުރިއާލާ ރާވައިގެން ކުރިއަށްގެންދެވޭ މެއިންޓެނަންސް އަދި އަޕްގްރޭޑިންގްގެ މަސައްކަތަކަށް ނޫން ގޮތަކަށް ނެޓްވޯރކް ޙިދުމަތް މެދުނުކެނޑުމެވެ.

އެޗް.ޑީ.ސީގެ ސްމާޓްކޮމް ޓީމްގެ މަސައްކަތްތައް ބަށްޓަން ކުރެވިފައިވަނީ ޒަމާނީ ވަސީލަތްތަކާއި އެކު ހުޅުމަލޭގެ ރައްޔިތުންނަށް ސްމާޓް ސިޓީއެއްގެ ކުލަ ޖެހިފައިވާ ފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުމަށެެވެ.  

ރިއެކްޝަންސް
0
0
0
0
0
0
0