މުޖުތަމައުއަށް ދިމާވާ މައްސަލަތަކަށް ސްޓެމްގެ ދާއިރާތަކުން ސްކޫލު ދަރިވަރުންގެ އީޖާދީ ހައްލުތައް އުރީދޫ ސްޓެމް ފެއާއިން ދައްކާލަނީ

4 މާޗް 2023 - 10:19

ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އެންޖިނީރިންގ އަދި މެތެމެޓިކްސް) ތައުލީމާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އުރީދޫއިން އިސްނަގައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ވިމެން އިން ޓެކް މޯލްޑިވްސްއާއި އެކު ކުރިއަށްގެންދާ އުރީދޫ ސްޓެމް ފެއަރ އިއްޒުއްދީން ސްކޫލް ހޯލުގައި ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއަރގައި މުޅިއަކު 7 ސްކޫލަކުން ނޮވިސް، ޖޫނިއަރ އަދި ސީނިއަރ ކެޓަގަރީގައި ބައިވެރިވެފައިވެއެވެ.

މި ފައރގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް، މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލް ހިމެނެއެވެ. މި ފެއާގެ ފުރަތަމަ ދުވަސް (3 މާޗް 2023) ހާއްސަކޮށްފައި ވަނީ ފެއަރގައި ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓްތަކަށް ފަނޑިޔާރުން ބަލާ މާކްސް ދިނުމަށެވެ. ޖަޖުން ގެ ފަނޑިޔާރުކަން މިއަދު މެންދުރު ފަހު 2:30 އިން ރޭގަނޑު 10:00 ކުރިއަށްދާނެއެވެ. މި ފެއަރ އާންމުންނަށް ބަލައިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 4 މާރޗް 2023 ވާ ހޮނިހިރު (މާދަމާ) ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

advertisement

“ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޙިދުމަތްތަކާއެކު ހުރިހާ ސިނާއަތްތަކެއްގެ މަސައްކަތުގެ ވައްޓަފާޅިއަށް ވެސް ދަނީ ބޮޑެތި ބަދަލު ތަކެއް އަންނަމުން. އަދި ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީ ކުރިއަރަމުން މިދާ ބާރު ސްޕީޑާއެކު މި ބަދަލުތައް އިތުރުވެގެންދާނެ. އެހެން ކަމުން ދުނިޔޭގެ މި ބަދަލުވަމުންދާ މާހައުލައް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް. އުރީދޫ ސްޓެމް ފެއަރގެ މަގުސަދަކީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ޓަކައި ޒުވާން ސިކުނޑިތަކަށް ލިބިފައިވާ ޢިލްމާއި ހުނަރުން ބާރުވެރިކުރުން.” އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް.

“ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ޢިލްމާއި ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އުރީދޫ ސްޓެމް ފެއާއަކީ ސްޓެމް ދާއިރާތައް ޕްރޮމޯޓްކޮށް، މި ދާއިރާތަކުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް މުހިންމު ފެއާއެއް،” އޮނަރަބަލް މިނިސްޓަރ އޮފް އެޑިއުކޭޝަން، ޢާއިޝަތު ޢަލީ 

އުރީދޫ ސްޓެމް ފެއަރގެ މަޤްޞަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވުމާއި، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ބޭނުންކޮށްގެން ޙަޤީޤީ ދުނިޔޭގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބާރުއެޅުމާއި، ސްޓެމް މާއްދާތައް ތަޖުރިބާކުރުމަށް ދަރިވަރުންނަށް ތަޢުލީމީ ތަޖުރިބާއެއް ހޯދައިދިނުމެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ 4 މާޗް 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މި ފެއާއަށް ޒިޔާރަތްކޮށް، ބައިވެރިވާ ދަރިވަރުންގެ ޕްރޮޖެކްޓްތަކާއި ހުނަރު ބަލާލުމަށް އާންމުންނަށް ދައުވަތު އަރުވާފައެވެ. ފެއަރގައި ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ 4 މާރޗް 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ހަވީރު 6:00 އަށް ބާއްވާ އެވޯޑް ހަފްލާގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0