ޓީމް ޝަވިޔަނިން އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ 20،000 ރުފިޔާގެ ފައިސާގެ އިނާމު ހޯދައިފި

10 އެޕްރީލް 2023 - 10:11

އުރީދޫ މޯލްޑިވްސްއިން މި ރަމަޟާން މަހައް ޙާއްސަކޮށްގެން އިންތިޒާމް ކުރި އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝަވިޔަނި ޓީމުން ހޯދާ އޭޕްރީލް 8 ވީ ހުކުރުދުވަހުގެ ރޭގަނޑު މުބާރާތު ގެ ނިންމާލުމުގެ ހަފްލާ ވަނީ ބާއްވާފައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ގައި ވަނަ ހޯދި ޓީމުތަކަށް މެޑަލް އާއި ތަށީގެ އިތުރުން ފައިސާގެ އިނާމުގެ ރަމްޒީ ލިޔުން ހަވާލު ކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަބްދުއްލާ  މޫސާ އާއި އިބްރާހިމް ފަޔާޒް އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ. އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފެށި މި މުބާރާތުގައި ބައިވެރިވި ޓީމުތަކުން ވާދަވެރި އަދި މަޖާ މެޗުތަކަކަށް ފަހު، ގަދަ ތިން ޓީމު ވަނީ ޖުމްލަ 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ހޯދާފައެވެ.

advertisement

ފައިނަލް މެޗުގައި ޝަވިޔަނީ އާއި ބްރޯލަރޒް – ރޭޖް ފިޓްނަސް ބައްދަލުކުރި މެޗުން ޓީމް ޝަވިޔަނީ ޗެމްޕިއަންކަން ހޯދީ ޓީމް ބްރޯލާޒް އަތުން 1-0 އިން މޮޅުވެގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަމުގެ ގޮތުގައި ޝަވިޔަނީއަށް 20،000 ރުފިޔާ، ރަނަރަޕް ޓީމް – ބްރޯލާޒްއަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވުނު ޓީމު – ކްރޮސްރޯޑްސް މޯލްޑިވްސް އަށް 5،000 ރުފިޔާ ލިބިފައިވެއެވެ.

“އުރީދޫ ބޮކި ބޯޅަ މުބާރާތް ކާމިޔާބު ކަމާއެކު ބާއްވާ ޓީމްތަކުން ވާދަވެރި ކުޅުމެއް ދައްކާ މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހި ކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފައިނަލުގައި މޮޅު ކުޅުމެއް ދައްކާ އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ޝަވިޔަނި ޓީމުން މިވަނީ ހޯދާފަ، އެހެންކަމުން ޝަވިޔަނި ޓީމުގެ ހުރިހާ މެމްބަރުންނަށްވެސް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވަން. އަދި ރަނަރަޕް ޓީމް ބްރޯލާޒް – ރޭޖް ފިޓްނަސް ގެ އިތުރުން ތިންވަނަ ހޯދި ކްރޮސްރޯޑްސް މޯލްޑިވްސް އިން މުޅި މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ވެސް މަރުހަބާ ދަންނަވަން. އަދި ހަމަ އެއާއެކު މުބާރާތް އިންތިޒާމު ކުރުމުގައި މާޒިޔާ ސްޕޯޓްސް ކްލަބުން ދިން އެއްބާރުލުން ފާހަގަކޮށް މާޒިޔާގެ މެނޭޖްމެންޓް އާއި ޓީމަށް ވަރަށް ޙާއްސަ ޝުކުރެއް އަދާ ކުރަން. އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމައަށް އަދި އިތުރު މަޖަލާއި އުފާވެރިކަމާ އެކު އުރީދޫ ބޮކި ބޯޅަ ފެނިގެންދާނެ.” އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ.

އުރީދޫ މޯލްޑިވްސްއަކީ ކުޅިވަރު ކުރިއެރުވުމަށާއި ދިވެހި ހުނަރުވެރިން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުން ކުރިއަށް އޮތްތަނުގައިވެސް އުރީދޫ ބޮކި ބޯޅަ މުބާރާތް ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ތައާރަފްކުރަމުން ގެންދާނެ ކަމަށް އުރީދޫ އިން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0