ދިރާގު ކަސްޓަމަރުންނަށް ސަތޭކައިގެ ޑޭޓާ ޕެކްތަކެއް

18 މެއި 2023 - 9:47

ދުނިޔޭގެ މުވާސަލާތީ ދުވަހުގެ މުނާސަބަތުގައި ދިރާގުން 100ޖީބީގެ މުޅިން އައު ޑޭޓާ ޕެކްތަކެއް އެކުންފުނީގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފިއެވެ. މި އައު ޑޭޓާ ޕެކްތައް ތަޢާރަފްކޮށްފައިވާނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފެރެންސްއެއްގައެވެ. 

“މިއަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރާއިރު، ވޭތުވެދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ އިތުބާރަށް ޝުކުރު ދަންނަވަން. 100ޖީބީގެ މި އައު ޑޭޓާ ޕެކްތަކާއެކު ކަސްޓަމަރުންގެ ޑޭޓާ ބޭނުންތައް ފުރިހަމަވެ ކޮންމެ ކަމަކަށް މި ޑޭޓާ ބޭނުންކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ.” މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ދިރާގުގެ މެނޭޖަރ ކަސްޓަމަރ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ބުނިއެވެ. 

މުޅިން އަލަށް ތައާރަފްކުރި 100ޖީބީގެ ޑޭޓާ ޕެކްތަކަކީ: 

  • 100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
  • 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
  • 100ޖީބީ 14 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
  • 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
  • 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެއެވެ. އަދި މި ޑޭޓާ ޕެކްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: https://bit.ly/3odf8z5 

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
1