އުރީދޫ ޕަބްޖީ ވައިލްޑް ކާޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމުގެ ފަހު ފުރުސަތު

24 މެއި 2023 - 10:29

އުރީދޫގެ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑް ރައުންޑްގައި ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ގެ ވައިލްޑް ކާޑް ރައުންޑް ގައި ބައިވެރިވުމަށް ރަޖިސްޓަރވާން ބޭނުންވާ ފަރާތްތަކަށް 25 މޭ 2023 ގެ ކުރިން ރެޖިސްޓަރވެވޭނެއެވެ. ވައިލްޑް ކާޑް އަކީ 100،000ރ ފައިސާގެ އިނާމު ލިބޭ ޕަބްޖީ ޗެމްޕިއަންޝިޕް އަށް ކޮލިފައިވުމުގެ ފަހުގެ ފުރުސަތެވެ. ވައިލްޑް ކާޑް ގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 25 މޭ 2023 ގެ ދަންވަރު 12 ގެ ކުރިން http://ore.do/pubgwildcard މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެއެވެ.

advertisement

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވައިލްޑް ކާޑް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު ޖޫން މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ އެންމެ ފަހުގެ ކޮލިފައިންގް ޓޯނަމަންޓްއެވެ. 2022 ވަނަ އަހަރުން ފެށިގެން ކޮންޓެންޑަރ ކޮލިފައިންގް ސިލްސިލާއެއް ބޭއްވާ މިހާރު ވަނީ 9 ޓީމަކުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ޖާގަ ހޯދާފައެވެ. ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ވައިލްޑް ކާޑްގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަކުރެވޭނެއެވެ. 26 މޭ 2023 ގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ 25 މޭ 2023 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް  އަކީ 100،000 ރުފިޔާ ގެ ޕްރައިޒް ޕޫލަކާ އެކު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕަބްޖީ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 16 ޓީމުން ވާދަކުރާއިރު 9 ޓީމެއް މިހާރު ވަނީ މި މުބާރާތުން ޖާގަ ހޯދާފައެވެ. ވައިލްޑް ކާދް ގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ 7 ޓީމަކަށް ބާކީ ހުރި ޖާގަ ލިބިގެންދާނެއެވެ. 

ވައިލްޑް ކާޑަށް ރެޖިސްޓަރ ވުމަށް http://ore.do/contender ޒިޔާރާތްކޮށްލާށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0