އަރބަންކޯ ފުޑް ކަރނިވަލް: ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކަރނިވަލް ޖޫން މަހުގައި

31 މެއި 2023 - 9:32

ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް، އަރބަންކޯ މޯލްޑިވްސް ފޫޑް ކާނިވަލް 2023 ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ޖޫން މަހުގެ 20 – 24 ވަނަ ދުވަހަށް އޮންނާނެއެވެ.

ތިންކް އެސޯސިއޭޓްސްގެ ފަރާތުން ބާއްވާ މި ހާއްސަ ކާނިވަލަކީ 4 ދުވަހުގެ، މަޖާ  އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާ ކޮށްލުމަށް ބޭއްވޭ ކާނިވަލެކެވެ.   

advertisement

މި ހާއްސަ ކާނިވަލުގައި ރާއްޖޭގެ އެކި ރަހަތަކާއި ދުނިޔޭގެ އެކި ރަހަތައް ލިބިގެންދާނެއެވެ. އަދި ކާބޯތަކެތީގެ ވިޔަފާރީގައި އުޅޭ އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ޕްރޮޑަކްޓްތައް ދައްކާލުމުށާއި މާކެޓް ކުރުމުގެ ފުރުސަތު މި ކާނިވަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.

މި ކާނިވަލުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ހަމަޖެހިފައިވަނީ އަރބަންކޯއެވެ. މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ތިންކް އެސޯސިއޭޓްސް އާއި އަރބަންކޯއިން ސޮއިކޮށްފައެވެ. އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އެވެ. އަދި ތިންކް އެސޯސިއޭޓްސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދީލް އިސްމައިލް އެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0