ބޮޑެތި ޑިސްކައުންޓްތަކާއެކު އުރީދޫ ހައްޖު ސިމް އަދި ސައުދީ އައިޑީޑީ ޕެކް ތައާރަފްކޮށްފި

10 ޖޫން 2023 - 12:06

ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ ބޮޑެތި ފައިދާތަކާއެކު ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ. އެގޮތުން ރޯމިން ރޭޓުން %90 ޑިސްކައުންޓް ލިބޭ ދަތުރުވެރިންނަށް ހާއްސަ ސިމް ކާޑް – ހައްޖު ސިމް އަދި ހާއްސަ ރޭޓެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ސައުދީ އައިޑީޑީ ޕެކް ހިމެނެއެވެ. 

ސައުދީ އައިޑީޑީ ޕެކް

ސައުދީ އައިޑީ ޕެކް މެދުވެރިކޮށް ރާއްޖޭގައި ތިއްބަވާ ހައްޖުވެރިންގެ އާއިލާ އާއި ރައްޓެހިންނަށް އެންމެ 150 ރުފިޔާއަށް 100 ސައުދީ އައިޑީޑީ މިނެޓާއި 1 ޖީބީ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ލިބިވަޑައިގަންނަވާނެއެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ބައްލަވައިގަނެވޭ މި ޕެކް އެކްޓިވޭޓް ކުރެއްވުމަށް އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ “SD150” ޖެއްސެވުމަށް ފަހު 1111 އަށް އެސްއެމްއެސް ކުރައްވާށެވެ.

advertisement

ޙައްޖު ސިމް

ހައްޖުވެރިންނަށް ހާއްސަ މި ސިމް މެދުވެރިކޮށް ރޯމިން ރޭޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކަސްޓަމަރުންނަށް ރޯމިންގް ވޮއިސް، ޑޭޓާ އަދި އެސްއެމްއެސް އެންމެ ހެޔޮ އަގުގައި ބޭނުންކުރެވޭނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ ސިމް މިހާރު ގެންގުޅުއްވާ ސިމް ކާޑު ހައްޖު ސިމަކަށް ގްރޭޓާ މާލެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) ތަކުން އަޕްގްރޭޑް ކުރެވޭނެއެވެ. ސެލްފް ކެއާ ޕޯޓަލް my.ooredoo.mv މެދުވެރިކޮށް ނުވަތަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ކަސްޓަމަރުންނަށް ރޯމިންގެ ހިދުމަތް އެކްޓިވޭޓް ކުރެވޭނެ އެވެ. 6#*929* އަށް ގުޅައިގެން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ރޯމިން ސާވިސް އެކްޓިވޭޓް ކުރެވޭނެ އެވެ. ދަތުރުކުރުމުގެ ކުރިން ސިމް އެޕްލިކޭޝަން ސެޓިން “އޮޓޮމެޓިކް” އަށް ސެޓްކޮށްލުމުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ސައުދީ އަރަބިއްޔާގައި ރޯމިންގެ ހިދުމަތް ބޭނުންކުރެވޭނެއެވެ. ހައްޖު ސިމް އެކްޓިވޭޓް ކުރުމަށްފަހު ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕޯސްޓްޕެއިޑްއަކަށް، އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލެވޭނެއެވެ.

އުރީދޫ މޯލްޑިވްސް އިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ހުރިހާ ޙައްޖާޖީންނަށް ބަރަކާތްތެރި އަދި މަބްރޫރު ޙައްޖަކަށް އެދެއެވެ.

ރިއެކްޝަންސް
0
0
0
1
0
0
0