Skip to content
Maldives calendar. Today: Maldives calendar

ގައުމީ އިނާމް ދިނުން މި މަހުގެ 26 ވަނަ ދުވަހުގެ ރޭ!

ދިވެހި ދައުލަތުން މި އަހަރު ދޭ އެކިއެކި އިނާމުތައް ދިނުމަށް ބާއްވާ ރަސްމީ ޖަލްސާ، މި މަހުގެ 26ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ. މި ޖަލްސާ ބާއްވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެންނެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 ވަނަ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު އެރި ސުނާމީއާ ގުޅިގެން ދިވެހިން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުންނެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

މި ޖަލްސާގައި ދޭ އިނާމުތަކުގެ ތެރޭގައި، ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ދައުލަތުން ދޭ އެކި އިނާމުތައް ދިނުމަށް ބާއްވާ މި ޖަލްސާ އިންތިޒާމު ކުރާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަމަށާއި މި ޖަލްސާގެ ކަންތައްތައް ގެންދާނީ، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށެވެ. އެހެންކަމުން، ޖަލްސާއަށް ދަޢުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށް ވުރެ މި އަހަރު މަދުވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.