Skip to content
Maldives calendar. Today: Maldives calendar

އެއަރ ފްރާންސުން ރާއްޖެއަށް ދަތުރުތައް ފަށައިފި

އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. އެއަރ ޕްރާންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިމިވަނީ ކޯވިޑް19 ގެ ސަބަބުން ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހުއެވެ.

އެއަރ ފްރާންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށީ އިއްޔެއެވެ. އެއަރ ފްރާންސްއިން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއަރ ފްރާންސްއިން ރާއްޖެއަށް ދަތުރުކުރަނީ ފްރާންސްގެ ޕެރިސް ޗާލްސް ޑިގުލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

އެއަރ ފްރާންސްއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފެށީ 2017 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ ތެރޭގައެވެ. ފްރާންސްގެ މާކެޓަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މާކެޓެކެވެ. މިއަހަރުގެ މިހާތަނަށް ފްރާންސުން ރާއްޖެއަށް 24033 ފަތުރުވެރިން ޒިޔާރަތްކޮށް ފްރާންސް ހިމެނިފައިވަނީ ރާއްޖެއަށް 7 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަށެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %3.5 އިންސައްތައަކީވެސް ފްރާންސްގެ ފަތުރުވެރިންނެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz