Skip to content
Maldives calendar. Today: Maldives calendar

ލަންކާގެ މައްތަލަ އެއަރޕޯޓަށް މޯލްޑިވިއަންގެ ޙާއްސަ ދަތުރުތަކެއް ބާއްވަނީ

ލަންކާގެ މައްތަލަ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއަރޕޯޓަށް، މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.

ލަންކާގެ ދެކުނު ސަރަހައްދުގައި އޮންނަ މައްތަލަ އިންޓަނޭޝަނަލް އެއަރޕޯޓަށް ހަފްތާއަކު ދެދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުތަކަކީ ލަންކާއިން ޗާޓަރކޮށްގެން ބާއްވާ ދަތުރުތަކެކެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެއްމަސް ދުވަހުގެ މުއްދަތަށް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މައްތަލަ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ސްރީލަންކާގެ ރަތުމަލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައްވަނީ ހުއްޓިފައެވެ. ނަމަވެސް މިހާރު އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން ލަންކާއަށް ދަތުރުތަކެއް އެ އެއަރލައިނުން ދަނީ ބާއްވަމުންނެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv