Skip to content
Maldives calendar. Today: Maldives calendar

އަޒުރު އެއަރ ޔޫކްރެއިންގެ ޗާޓަރ ފްލައިޓްތަކެއް ރާއްޖެއަށް

އަޒުރު އެއަރ ޔޫކްރެއިންގެ ޗާޓަރ ދަތުރުތަކެއް ރާއްޖެއަށް ފަށައިފިއެވެ. އެ އެއަރލައިންގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުއެވެ. މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާ މިއީ ފުރަތަމަ ފަހަރުކަމަށް ވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެ އެއަރލައިނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
އަޒުރު އެއަރ ޔޫކްރެއިންގެ ފުރަތަމަ ފްލައިޓުގައި ރާއްޖެއަށް 311 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޔޫކްރެއިންގެ ވެރިރަށް ކިއެވްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޒުރު އެއަރ ޔޫކްރެއިންއިން ކުރާ މި ދަތުރުތައް އަންނަ މާރޗުމަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެގޮތުން ޖުމްލަ 17 ދަތުރު އަޒުރު އެއަރ ޔޫކްރެއިންއިން ރާއްޖެއަށް ކުރާނެކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.

އަޒުރު އެއަރގެ ދަށުން ހިންގާ އަޒުރު އެއަރ ރަޝިއާއިން މިހާރުވެސް ދަނީ ރަޝިއާއާއި ރާއްޖެއާ ދެމެދު ހަފްތާއަކު އެއް ދަތުރު ބާއްވަމުންނެވެ. އަދި ގިނަ އެއަރލައިންތަކަކުން މިހާރު ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz