Skip to content
Maldives calendar. Today: Maldives calendar

އުޒްބަކިސްތާން އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އުޒްބަކިސްތާންގެ ޤައުމީ އެއަރލައިން، އުޒްބަކިސްތާން އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

އުޒްބަކިސްތާން އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވަނީ އިއްޔެއެވެ. އެ އެއަރލައިންގެ ފުރަތަމަ ފްލައިޓުގައިވެސް ރާއްޖެއަށް 266 ފަތުރުވެރިން ވަނީ އައިސްފައިކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އުޒްބަކިސްތާން އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ އުޒްބަކިސްތާންގެ ވެރިރަށް ތަޝްކެންޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. އެގޮތުން ރާއްޖެއަށް ހަފްތާއަކު 1 ދަތުރު މި އެއަރލައިނުން ކުރާނެއެވެ. މި ދަތުރުތައް ކުރާނީ ފަތުރުވެރިކަމުގެ މިސީޒަން ނިމެންދެންކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

އުޒްބަކިސްތާން އެއަރލައިނުން ވަނީ މިދިޔަ އަހަރުގެވެސް ފަތުރުވެރިކަމުގެ ހައި ސީޒަނާއި ދިމާކޮށްވެސް ރާއްޖެއަށް ދަތުރުތައް ބާއްވާފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ބައިނަލްއަޤްވާމީ 20 އަށްވުރެ ގިނަ އެއަރލައިނުން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ.