Skip to content
Maldives calendar. Today: Maldives calendar

މޯލްޑިވްސް ޓުއަރިޒަމް ބުލެޓިން ރައީސް ލޯންޗްކޮށްދެއްވައިފި

މޯލްޑިވްސް ޓުއަރިޒަމް ބުލެޓިން” ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިފްތިތާޙުކޮށްދެއްވައިފިއެވެ. މިއީ އައު އަހަރާ ދިމާކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކުރެވިގެން ނެރޭ “އީ- މެގަޒިން”އެކެވެ.

“މޯލްޑިވްސް ޓުއަރިޒަމް ބުލެޓިން”ގެ ފުރަތަމަ އަދަދު ލޯންޗުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިމެގަޒިންގެ ސަބަބުން ދަރިވަރުންނާއި، ކަމާބެހޭ ފަރާތްތަކާއި ރާއްޖޭގެ ޒިޔާރަތްކުރާ ފަރާތްތަކަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނޭކަމަށް ޔަޤީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޯލްޑިވްސް ޓުއަރިޒަމް ބުލެޓިން ނެރޭނީ މަހަކު 1 ފަހަރުއެވެ. މި މެގަޒިން ނެރޭނީ އިނގިރޭސި ބަހުންނެވެ. މި މެގަޒިންގައި ހިމެނޭނީ ޓޫރިޒަމް މިނިސްޓްރީން ކުރަމުންދާ މަސައްކަތުތަކުގެ މަޢުލޫމާތާއި، ފަތުރުވެރިކަމާއި ގުޅޭ ތަފާސް ހިސާބުތަކާއި، ފަތުރުވެރިކަމުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޙިއްސާކުރާ މުހިއްމު މަޢުލޫމާތުތަކާއި ޚަބަރުތަކެވެ. އަދި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ފަރާތްތަކުގެ މައުލޫމާތުވެސް މި މެގަޒިންގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv