Skip to content
Maldives calendar. Today: Maldives calendar

އެސްބީއައިއިން މަހެއްގެ މައްޗަށް ޑޮލަރު ނެގޭ މިންވަރު ލިމިޓްކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ކާޑުތަކުން އޭޓީއެމް އާއި ޕީއޯއެސްތަކުން ފައިސާ ނެގޭ އަދަދު 100 ޑޮލަރަށް ދަށްކޮށްފި އެވެ.

އެސްބީއައިއިން ބުނީ މި ބަދަލު ގެނައީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެންކަމަށެވެ. އެ ދުވަހުން ފެށިގެން ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި މަހެއްގެ މައްޗަށް ވިޔަފާރިކުރެވޭނީ އަދި ފައިސާ ނެގޭނީ 100 ޑޮލަރާ ހަމައަށް ކަމަށް މެއިލްގައި ބުނެފައިވެ އެވެ. އެސްބީއައި އިން މީގެ ކުރިން ކާޑު މެދުވެރިކޮށް މަހެއްގެ މައްޗަށް 250 ޑޮލަރު އޭޓީއެމުން ނެގެ އެވެ. އެސްބީއައިއިން ކާޑު ބޭނުންކޮށްގެން ނެގޭ ފައިސާގެ އަދަދު ލިމިޓްކުރި ސަބަބު ހާމަނުކުރިނަމަވެސް މި ދަނޑިވަޅަކީ ކޯވިޑް19 ގެ ސަބަބުން އިޤްތިސާދަށް އަސަރުކޮށް އެހެން ބައެއް ބޭންކުތަކުންވެސް ކަސްޓަމަރުންނަށް ޑޮލަރު ނެގޭ މިންވަރު ހިފަހައްޓާފައިވާ ދަނޑިވަޅެއްގައެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލުން ވެސް ވަނީ އެ ބޭންކުގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މަހެއްގެ މައްޗަށް 250 ޑޮލަރަށް ކުޑަކޮށްފަ އެވެ. އަދި ބައެއް އީ ކޮމާސް ސައިޓްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުން ނުކުރެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.