Skip to content
Maldives calendar. Today: Maldives calendar

ސީއެމްޑީއޭގެ ޗެއަރޕަރސަންއަކަށް ކުރީގެ ޑެޕިއުޓީ ޤަވަރުނަރު

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީ، ސީއެމްޑީއޭގެ ޗެއަރޕަރސަންގެ މަޤާމަށް ހ. ސަނޯރާމާ އައިޝަތު ޒާހިރާ އައްޔަންކުރައްވައިފިއެވެ. ސީއެމްޑީއޭގެ ޗެއަރޕަރސަންގެ މަޤާމަށް އައިޝަތު ޒާހިރާ އައްޔަންކުރައްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.
އައިޝަތު ޒާހިރާ ވަނީ މީގެކުރިން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުވެސް ފުރުއްވާފައެވެ. 31 އަހަރު އެމްއެމްއޭއަށް ޚިދުމަތްކުރެއްވުމަށްފަހު އައިޝަތު ޒާހިރާ އެމްއެމްއޭއިން ރިޓަޔާ ކުރެއްވިއިރު އެކަމަނާ ވަނީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމު 2 ދައުރު ފުރިހަމަ ކުރެއްވުމަށްފަހުގައެވެ.
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީއާބެހޭ ޤާނޫނު ގައި ވާގޮތުގެ މަތިން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކުރައްވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ސީއެމްޑީއޭގެ ބޯޑުގައި މިވަގުތު ތިއްބަވަނީ:
ބޯޑުގެ ޗެއަރޕަރސަން: އައިޝަތު ޒާހިރާ
ޗީފް އެގްޒެކްކެޓިވް އޮފިސަރ: މަޤާމު ހުސްކޮށް
ސީނިއަރ އެގްޗެކެޓިވް ޑިރެކްޓަރ/ އެމްއެމްއޭ: އައިޝަތު ނާދިޔާ
ސެކްރެޓަރީ ޖެނެރަލް: އަޙްމަދު ސިރާޖް
ރެޖިސްޓްރަރ އޮފް ކޮންޕެނީޒް: މަރިޔަމް ވިސާމް
ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރައްވާ: ފާތިމަތު ޝަފްނީޒް
ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރައްވާ: ރިފާޢަތު ޖަލީލް

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz